އުރީދޫ ފިންޓެކް މޯލްޑިވްސް އިން އެމްފައިސާ މެދުވެރިކޮށް ތެޔޮ އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
މި ލިމިޓެޑް ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ އިން ބުނީ މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އަދި ހޯކްސްގެ ތެޔޮ ވިއްކާ މަރުކަޒުތަކުން މި ހިދުމަތް ލިބޭނެ ކަމަށެވެ.
ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޕްރޮމޯޝަނާއެކު އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާއަށް ޕެޓްރޯލް އެޅުމުން އިތުރު ލީޓަރެއްގެ އަގު ކަސްޓަމަރަށް ލިބޭނެ އެވެ.
މި ހަރަކާތަކީ އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ފައިދާހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ތެޔޮ ވިއްކާ މަރުކަޒުތަކުގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން މި ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.
އެ ގޮތުން ޓްރާންސެކްޝަން ނިމުމާއެކު، ކޭޝްބެކް ފައިސާ ސީދާ އެމް ފައިސާ ވޮލެޓަށް ޖަމާވާނެ ކަމަށާއި މިއީ ދުވަހުން ދުވަހަށް ކުރާ ހަރަދުތައް މެނޭޖްކުރުމުގައި ފަސޭހަކަމާއެކު ފައިސާ ސޭވްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް އުރީދޫ އިން ބުންޏެވެ.
އެމްފައިސާ ބޭނުންކުރަން ފަށާނެ ގޮތް
އެމްފައިސާ ބޭނުންކުރަން ފެށުމަކީ ވަރަށް ފަސޭހަ ކަމެކެވެ.
އެޕް ޑައުންލޯޑުކުރުން ނުވަތަ އުރީދޫ މޯލްޑިވްސް އެޕް ހުޅުވުންރަޖިސްޓްރީކުރުން: އެމްފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރުންމައުލޫމާތު ޔަގީންކުރުން:ދިވެހިން: ސައްހަ އައިޑީ ކާޑު ހުށަހެޅުން (ދެ ފަރާތް)ބިދޭސީން: ޕާސްޕޯޓް އަދި ސައްހަ ވާކް ޕާމިޓް ލިޔެކިޔުން ހުށަހެޅުންއެމް-ޕިން ކަނޑައެޅުން: ވޮލެޓަށް ވަނުމަށް ސެކިއުރިޓީ އެމް-ޕިންއެއް ހެދުން
އުރީދޫ ފިންޓެކް މޯލްޑިވްސް އިން ޑިޖިޓަލް އިކޯސިސްޓަމް ފުޅާކުރަމުންދާއިރު، ރާއްޖޭގެ ކަސްޓަމަރުންނަށް ފަސޭހަ، ރައްކާތެރި އަދި ފައިދާހުރި މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްފައިސާ ދެމިއޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ހިދުމަތުގެ ފުރިހަމަ ބޭނުން ހިފައި، ކޭޝްލެސް ޕޭމަންޓްތަކުގެ ފަސޭހަކަމާއި އިތުރު ފައިދާތައް ހާސިލުކުރުމަށް ކަސްޓަމަރުންނަށް އުރީދޫ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދައްކައިގެން 20 ރުފިޔާ ވޮލެޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ