ބޭސިކް ފުޓްސަލް ރެފްރީ ކޯހަކަށް ސްޕޯޓްސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މި ކޯހަކީ އަންނަ މަހުގެ 3-13 އަށް މާލޭގައި ބާއްވަން ހަމަޖެހިފައިވާ ކޯހެކެވެ. އެހެންވެ ފުޓްސަލް ރެފްރީ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
View this post on Instagram
A post shared by Ministry of Sports, Fitness & Recreation (@mosfrmv)
ފުޓްސަލް އަކީ މިހާރު ރާއްޖޭގައި އެންމެ ފޯރިގަދަ އެއް ކުޅިވަރެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ފުޓްސަލްގެ ބޮޑެތި މުބާރާތްތައް ވެސް ބާއްވަމުންނެވެ.
މިދިޔަ ހަފުތާގައި ރާއްޖެ އިން ވަނީ ބެންކޮކްގައި ބޭއްވި ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފު ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ވެސް ހޯދައި ރާއްޖޭގެ ނަން ސަރަހައްދުގައި ވިދުވާލައިފަ އެވެ.
ފުޓްސަލް ރެފްރީ ކޯހަކަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ