ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ބޯޓުތައް އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ ބޯޓުތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައީ، އިއްޔެ 14:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ. އެ ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން އެމްއެންޑީއެފުން ފާހަގަކުރިއެވެ. https://sun.mv/215491 ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޭތެރެއަކުން ބޭރުގެ މަސްބޯޓުތައް އަތުލައިގަނެވެ. މިގޮތުން، މިދިޔަ ޑިސެމްބަރު 17ގައި ވެސް ލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް އަތުލައިގެންފައެވެ. އޭރު ބޯޓުތައް އަތުލައިގަތީ، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ