އަސްކޮއި ޓްރެވަލް ސާވިސްގެ ހަވާލުގައި އުމާރާއަށް ދިއުމަށް، ފައިސާ ދެއްކިފަހުން އުމްރާއަށް ގެންގޮސްފައިނުވާތީ 185،250ރ. ދައްކަން، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ނޮވެމްބަރުގައި މި މައްސަލަ ހުށަހަޅާފައިވަނީ، ގދ. ތިނަދޫއަށް ނިސްބަތްވާ އާއިލާއެއްގެ ހަ މީހަކު އުމްރާއަށް ދިއުމަށް، އަސްކޮއި ޓްރެވަލްއަށް 155،250ރ. ދެއްކުމަށް ފަހު އުމްރާއަށް ގެންގޮސްފައިނުވާތީ އެވެ.
އަސްކޮއި ޓްރެވަލްސް އާއި އެ ކުންފުނީގެ އަބްދުﷲ ރަޝީދާއި ދެކޮޅަށް އޭގެތެރެއިން އެކަކު ހުށަހަޅާފައިވާ އެ މައްސަލާގައި އެދިފައިވަނީ:
އުމްރާއަށް ދިއުމަށް ދެއްކި 155،250ރ. ނަގައިދިނުމަށް
ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000ރ.އާ އެކު ޖުމްލަ 185،250ރ. ނަގައިދިނުމަށް
ތަފްސީލް - އެ ދައުވާއަށް އެއްބަސްވެ، ފައިސާ ދެއްކުމަށް އެެސްކޮއި ޓްރެވަލްސް އާއި އަބްދުﷲ ރަޝީދުގެ ފަރާތުން ވެސް އެއްބަސްވެފައިވާތީ، މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިއުމުން 185،000އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ