ކަރަލާއި ޕެޝަންފްރުޓްގެ އަގު ބޮޑުވެއްޖެ
މި ރޯދަމަހުގެ ފަހު ދިހައެއްގައި އެވްރެޖްގޮތެއްގައި ކާބޯތަކެތީގެ އަގުތައް ހިފެހެއްޓިފައި ހުރި ނަމަވެސް ބާޒާރުގައި މިއަދު ކަރަލާއި ޕެޝަން ފްރުޓްގެ އަގު ބޮޑުވެއްޖެއެވެ. އާންމުކޮށް ރޯދަމަހަކީ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލޭ މަހެކެވެ. މިއަދު ބާޒާރުގެ އަގުތަކަށް ބަލާއިރު، ކަރާ ކިލޯއެއްގެ އަގު ވަނީ 35 ރުފިޔާއަށް ބޮޑުވެފައެވެ. އެއީ، ރޯދަމަސް ފެށުނުއިރުން ފެށިގެން 30 ރުފިޔާގައި ހުރި ކަރަލުގެ އަގަށް އައި ފަސް ރުފިޔާގެ ބޮޑުވުމެކެވެ. އަދި، ޕެޝަންފްރުޓްގެ އަގު ވެސް ވަނީ 150 ރުފިޔާއަށް ބޮޑުވެފައެވެ. މިރުސް ކިލޯއެއް މި ފަހު ދިހައެއްގައި 240 ރުފިޔާއާއި 180 ރުފިޔާއާއި ދެމެދުގައި ހުރި ނަމަވެސް އެ އަދަދު މިހާރު ވަނީ 230 ރުފިޔާއާއި 170 ރުފިޔާއާ ހަމައަށް ވެއްޓިފައެވެ. މި ހަފުތާ ފެށުނުއިރު މިރުސް ކިލޯއެއްގެ އަގު އުޅުނީ 280 ރުފިޔާއާއި 230 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. https://sun.mv/219164 ރޯދަމަސް ފެށުނުއިރުވެސް ބާޒާރުގައި ހިކަނދިފަތް ވިއްކަމުން އައީ 10 ރުފިޔާއަށެވެ. އަދި ފަސް ރުފިޔާއަށް ރާނބާ ފަތެއް ވިއްކިއިރު މިއަދުގެ ބާޒާރުގައި ވެސް ހިކަނދިފަތާއި ރާނބާފަތް ވިއްކަމުން އަންނަނީ ހަމަ މި އަގުތަކުގައެވެ. ބާޒާރުގައި އެހެން ބައެއް ބާވަތްތަކުގެ އަގުތައް: ކިއުކަންބާ ކިލޯއެއް 40 ރުފިޔާއަށް ދޮންކެޔޮ ކިލޯއެއް 60 ރުފިޔާއާއި 50 ރުފިޔާއަށް ކާއްޓެއް 12 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައި ބަށި ކިލޯއެއް 50 ރުފިޔާއަށް އަނބު ކިލޯއެއް 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ރޯދަމަހު އާންމުކޮށް ވެސް ތަކެތީގެ އަގު ބޮޑުވެއެވެ. އެހެންވެ، އާންމުކޮށް ދިވެހީން ބޭނުންކުރާ ބާވަތްތަކުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ސަރުކާރުން ކޮންމެ އަހަރަކު ވެސް މަސައްކަތްކުރެއެވެ. އެ ގޮތުން، މި އަހަރު ވެސް އެސްޓީއޯ މެދުވެރިކޮށް ގިނަ ބާވަތްތަކެއް އަންނަނީ ހެޔޮ އަގުގައި ދޫކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ