ނެޝަނަލް ލޮޖިސްޓިކްސް އިފްތިތާހުކޮށްފި
އެމްޕީއެލުން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ތެރެއިން މި ހިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް އަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށް ދޭން ތައާރަފުކުރި ހިދުމަތެކެވެ. އެގޮތުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށް ދިނުމުގެ ހުރިހައި މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ޚަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއި ފަސޭހަ ގޮތްތަކެއް މަގުފަހިކޮށް ދޭނެ އެވެ.އެމްޕީއެލުން އަލަށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ހިދުމަތް ވެސް ހިމެނެ އެވެ. މީގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓޭނަރުތައް އެމްޕީއެލްގެ އުޅަނދުތަކުގައި ސީދާ އަތޮޅުތަކުގެ ބަނދަރުތަކަށް ފޮނުވައިދެވޭނެ އެވެ. އަދި ތިލަފުށީގައި ކޮމާޝަލް ވެއާހައުސިން ގާއިމްކުރުމާއި، މާލޭ ބަނދަރުން އެއާޕޯޓަށް މުދާ އުފުލައިދޭ ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ވެސް ފުޅާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ