ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު އައްޔަނުކުރައްވައިފި
ހުސްވެފައިވާ ޑިފެންސް މިނިސްޓަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޙަސަން ރަޝީދު މިރޭ އައްޔަންކުރައްވައިފިއެވެ. ޑިފެންސް މިނިސްޓަރުގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވި މުޙައްމަދު ޣައްސާން މައުމޫން އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ރައީސް، ޙަސަން ރަޝީދަށް ވަޒީރުކަމުގެ ފަތްކޮޅު އެރުވީ މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް، ރައީސް އޮފީހުން ބުންޏެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ކުރިފުޅުމަތީ ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވައިފައެވެ. އިތުރު ތަފްސީލު އަންނަނީ،،،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ