އައު ގައިޑްލައިންއަށް އެކްރެޑިޓް ނުކުރާ ކޯސްތައް ބާޠިލުކުރަނީ

"ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"އާއި އެއްގޮތަށް، މަތީ ތަޢުލީމުދޭ ގިނަ މަރުކަޒުތަކަކުން އަދިވެސް ޕްރޮގްރާމްތައް އެކްރެޑިޓްކޮށްފައި ނުވާތީ، މި އުސޫލާ އެއްގޮތަށް ކޯސްތައް އެކްރެޑިޓްކުރުމަށް މޯލްޑިވެސް ކޮމިފިކޭޝަން އޮތޯރިޓިން އަންގައިފިއެވެ.
ކަނޑައަޅާފައިވާ ތަރީޚަށް އެކްރެޑިޓް ނުކޮށްފިނަމަ، ކޯސް ބާޠިލުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މި އުސޫލުގެ ދަށުން، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕުރޮގްރާމްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭކަމަށެވެ.
ނަމަވެސް، ބައެއް މަރުކަޒުތަކުން ހިންގަމުންދާ ޕްރޮގްރާމްތަކުން، އައު އުސޫލުގެ "ޕުރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން އެއްގޮތަކަށްވެސް އެކްރެޑިޓޭޝަން ހޯދުމަށް ހުށަހަޅާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. މިފަދަ މަރުކަޒުތަކާއެކު މިއަހަރުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރިނަމަވެސް، ބައްދަލުކުރެވިފައިވަނީވެސް ވަރަށް މަދު މަރުކަޒުތަކަކާކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
މީގެ ތެރެއިން 30 ވަރަކަށް މަރުކަޒާ މިހާތަނަށް ވަނީ އެ މަރުކަޒުތަކުން ވުޒާރާއަށް ދީފައިވާ އީމެއިލް އަދި ފޯނުގެ ޒަރީއާއިންވެސް ގުޅޭ ގޮތް ނުވެފަކަމަށް ވަނީ ވިދާޅުވެފައެވެ.
މިފަދަ މަރުކަޒުތަކުން، 31 މެއިގެ ކުރިން އެ މަޢުލޫމާތުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އައު ގައިޑްލައިންގެދަށުން ހުއްދަ ނުނަގާނަމަ، 22 އޮކްޓޫބަރު 2027އިން ފެށިގެން އެފަދަ މަރުކަޒުތަކުން، އެކްރެޑިޓޭޝަން ނުހޯދާ ހިންގާ ކޯސްތައް ބާތިލުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ