އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަަރަކަށް ފަހުމީ

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ހުސައިން ފަހުމީ އައްޔަން ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޑަބްލިއުއެސްސީގެ ބޯޑު މެމްބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މ. ފަތަހަ، ހުސެއިން ފަހުމީ އައްޔަންކޮށްފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިދިޔަ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަހުމީ އެންމެފަހުން އަދާކުރެއްވީ މިނިސްޓަރެއްގެ ފެންވަރުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމެވެ.
ފަހުމީ އަކީ މީގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ކުންފުނީގެ އެކި ފަންތީގެ މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ