ދިވެހި ބަހުގެ ދުވަހު ދިވެހި ބަހާ ބެހޭ މިނިސްޓަރު އިސްތިއުފާ ދޭން ޖެހިއްޖެ

ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އޭނާ އިސްތިއުފާ ދެއްވީ ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓުގެ ބައެއް ވަޒީރުންނަށް އިސްތިއުފާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ.
އާދަމް ނަސީރަކީ މިގޮތަށް މިއަދު އިސްތިއުފާ ދެއްވި 10 ވަނަ މިނިސްޓަރެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނީ 10 މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.
އެ މިނިސްޓަރުން މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި، ރައީސް ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެނގުން މުހިންމު - މިއަދު އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ
ފޮރިން މިނިސްޓަރު އިބްރާހިމް ހަލީލު
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
ޝޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް
ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު
ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ