ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ގޮވާލައްވައިފި

އިންސާފުވެރި އިންތިހާބެއް ރާވައި ހިންގަން، ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.މި ސަރުކާރުގެ ކެބިނެޓްގެ 10 ވަޒީރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ކެބިނެޓްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ.މި ދަނޑިވަޅުގައި ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސޯދަށް ބޮޑުކޮށް ކުރަން ފަށައިފި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ."ވީމާ ބޭނުން ޖެހިފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ރާވައި ހިންގަން ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލަން،" ނަޝީދު ވިދާޅުވި އެވެ.ރައީސް އޮފީހުން ބުނީ އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.މިއަދު އިސްތިއުފާ ދެއްވި 10 ވަޒީރުންމިނިސްޓާ އޮފް ޑިފެންސްގެ މަގާމުން މުޙައްމަދު ޣައްސާން މައުމޫންމިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަގާމުން ޑރ. ޢަބްދުﷲ ޚަލީލްމިނިސްޓާ އޮފް ހެލްތްގެ މަގާމުން ޢަބްދުﷲ ނާޒިމް އިބްރާހީމްމިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމުން ތޯރިގު އިބްރާހީމްމިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަގާމުން ޑރ. ޢާއިޝަތު ޝިހާމްމިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމުން އާދަމް ނަޞީރު އިބްރާހީމްމިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުން ޑރ. މަރްޔަމް މާރިޔާމިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުން އިބްރާހީމް ވަޙީދުމިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމުން އާދަމް ޝަރީފު ޢުމަރުމިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމުން ޑރ. ޢަލީ ޙައިދަރު އަޙްމަދުއިސްތިއުފާ ދެއްވި ވަޒީރުންގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ