ކެބިނެޓްގެ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި 10 މިނިސްޓަރަކު، މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކޮށް، ރައީސްއޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކެބިނެޓްގެ 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ހުށަހެޅުއްވިކަމަށާއި، އެބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގަބޫލުފުޅުކުރައްވައިފި ކަމަށެވެ.
އިސްތިއުފާ ހުށަހެޅުއްވި 10 މިނިސްޓަރުންނަކީ؛
- ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން
- ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
- ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
- އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
- ޓުއަރިޒަމް އެންޑް އެންވައަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
- ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ