"ސުކޫކު ދެއްކުމާއެކު އިޤްތިޞާދީ ހަމަޖެހުންލިބި، އިންވެސްޓަރުންގެ އިތުބާރުބޮޑުވެއްޖެ"

ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖެއަށް އިންވެސްޓް ކުރަން ތިބި ފަރާތްތަކާއި އިންވެސްޓްކުރާނެ ފަރާތްތަކުގެ އިތުބާރު ބޮޑުވެގެން ދިޔަ ކަމެއް ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ބޭރުގެ ނޫސްތަކުންވެސް މިކަން ރިޕޯޓްކުރީ ދިވެހިރާއްޖެއިން ހޯދި ކާމިޔާބީއެއް ގޮތުގައި ކަމަށެވެ.
2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ސަރުކާރުން ކުރި މަސައްކަތް ފާހަގަކޮށް، ވަޒީރު ސައީދު ވިދާޅުވީ މިއީ ދިވެހި އިޤްތިޞާދަށްވެސް ލިބުނު ކާމިޔާބެއް ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސާޢިދު ވިދާޅުވީ ސުކޫކް އަނބުރާ ދެއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވިއިރު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަންތައް ކަމަށެވެ.
އަވަށްޓެރި ލަންކާއަށް ދިމާވި ހާލަތާއި ގުޅުވައި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ބޭރުގެ ނޫސްތަކުގައި އެ ދުވަސްވަރު ރިޕޯޓްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ވޭތުވެދިޔަ 7 އަހަރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މިފަދަ ބޮޑު ދަރަންޏެއް އެއްފަހަރާ ދައްކަން ޖެހުންކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެ ދަރަނި ނުދެއްކޭނެ ކަމަށް ބުނަމުން ދިޔަ ފަރާތްތަކަށް މިހާރު ޖަވާބު ލިބިފައިވާކަމަށް ވިދާޅުވެ އިޤްތިޞާދީ ވަޒީރު ވިދާޅުވީ މިކަން އެންމެ ބޮޑަށް އެނގެން ބޭނުންވާނީ ދިވެހިރައްޔިތުންނާއި ރާއްޖެއަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތައް ކަމަށެވެ.
"ރާއްޖޭގައި އިންވެސްޓް ކުރުމަށް ތިބި އެތައް ބަޔަކު ކުންފުނިތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޔަޤީންކަން. އަދި ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއްވެސްމެ. އޭގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިތައްވެސް ހިމެނޭ، ޖުމްލަކޮށް ރާއްޖެ ބަނގުރޫޓުނުވެ އަދާކުރަންޖެހޭ ދަރަންޏެއް އަދާ ކުރެވުނު ކަމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކާމިޔާބު." އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.
މި ސުކޫކް އަނބުރާ ދައްކާފައިވާ ދުވަސް ވަރަކީ، މިއީ މެދު އިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރަށްވެސް ބޮޑެތި ހިރާސްތަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރަކަށްވާއިރު، މި ދަރަނި ދެއްކުމުން ބައިނަލްއަޤްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވަނީ ރާއްޖެއިން ހޯދި ކާމިޔާބީއެއް ގޮތުގައިކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން މިގޮތަށް ރިޕޯޓްކުރާއިރު މިއީ އެތައް މިލިޔަން ބަޔަކަށް ފެންނާނެ ކަމެއް ކަމަށާއި މިއީ ރާއްޖެއަށް އިންވެސްޓުކުރަން ތިބި ފަރާތްތަކާއި އަދި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ލިބިގެން ދިޔަ ޔަޤީންކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
:ސްތަޤުބަލުގައި ރާއްޖެއަށް ފައިސާ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ފަރާތްތަކާއި ބާޒާރުގައި ހުރި އެކި ޕްރޮޑަކްޓްސް ރާއްޖެއަށް އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ހަމަ ގައިމުވެސް ކުރިމަގަށްވެސް ލިބިގެން ދިޔަ އިތުބާރެއް ސުކޫކު އަދާކުރުމަކީ. އެހެންވެ ތަކުރާރުކޮށް މިދަންނަވަނީ ރައީސްގެ އެންމެ ބޮޑު ކާމިޔާބަކީ ސުކޫކު އަނބުރާ ދައްކާ ދިވެހިރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކުރުން އެއީ އެއް ކާމިޔާބަކީ" އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް ސަރުކާރުން ވަނީ މި އެޕްރީލް މަހުގެ 2 ވަނަ ދުވަހު ދައްކާފައެވެ. މިއީ ސުކޫކުގެ މުއްދަތު ހަމަވާން އޮތީ މި ހިނގާ އެޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ދައުލަތުގެ ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ބޭނުންކޮށްގެން ދަރަނި އަނބުރާ ދައްކާފައިވާއިރު މިކަމަށް 8.1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ