މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ފަސްވަނަ ސެގްމަންޓުގައި ހިމެނޭ ދުވާރުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލު ކޮށްގެންނެވެ.
މަގު ތަރައްޤިކުރުމުގެ މަސައްކަތުގެ ދަށުން، އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މަގު ޒަމާނީ ފެންވަރަށް ތާރުއަޅައި ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕޭވްމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމްޑަބްލިއުއެސްސީން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސެގްމެންޓް ފަހެއްގެ ނަރުދަމާ އާއި ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ވެލްޑިންގްގެ މަސައްކަތްތަކުގެ އިތުރުން، ނަރުދަމާގެ އާ ގްރެވިޓީ ޕައިޕްލައިން އެޅުމުގެ މަސައްކަތްވެ މިހާރު ކުރަމުން އަންނަކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ހިދުމަތުގެ ފެންވަރު ރަނގަޅުވާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މިއީ މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ބޮޑުތަކުރުމާފުނު މަގު: ސެގްމެންޓް 5ގެ ދުވާރުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ