އޭއައި އިން ފަރުމާކުރި 'ދުނިޔޭގެ ފުރަތަމަ' ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ސުޕަ އެންޓިޖަން ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން ފަށައި، ކުރިމަގުގައި އަތުވެދާނެ ބޮޑެތި ބަލިމަޑުކަންތަކުން ދިފާއުވުމުގެ އާ އުންމީދެއް ސައިންސްވެރިން ހޯދައިފިއެވެ.
ކެމްބްރިޖް ޔުނިވަސިޓީގެ ދިރާސާ ޓީމުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، ވައިރަސްތައް އޭގެ ސިފަ ބަދަލުކުރި ނަމަވެސް ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެ ސިފަތައް ދެނެގަނެވޭނެ ފަދަ މުޅިން އާ އީޖާދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ