ފުލުހުންގެ ހިދުމަތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ފުލުހުންގެ ހިދުމަތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުން ބުނީ އަލަށް ގެނެވުނު މި ބަދަލުތަކަށް އިއްޔެ (ޖޫން 1) އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައިކަމަށެވެ. މި ބަދަލާއެކު އައު އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތްތައް ފުލުހުންގެ އިދާރާއިން މިހާރު ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ މި ފަހަރު ގެނައި ބަދަލުތަކާއެކު، ކުރިން އަމަލުކުރަމުންދިޔަ 17 ކޮމާންޑުގެ ބަދަލުގައި ފުލުހުންގެ ހިންގުން ވަނީ 14 ކޮމާންޑަކަށް ތަރުތީބުކޮށް ކުޑަކޮށްފައިކަމަށެވެ. މީގެ ކުރިން ބޭނުންކުރި އޮނިގަނޑަކީ 2025 އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދިޔަ އޮނިގަނޑެކެވެ.
އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ޚިދުމަތްތަކާއި، ތަހުގީގުގެ ދާއިރާ، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ ހުރިހާ މަސައްކަތްތަކެއް ހިންގަމުންދާނީ މި 14 ކޮމާންޑުގެ ދަށުންނެވެ. އެ ކޮމާންޑްތަކަކީ:
ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، މި އައު އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން އެއް ހަމައަކަށް ފެއްތުމަށެވެ. އަދި ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރުމާއި، ހިދުމަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކޮށް، މުއައްސަސާގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ