މުދަލާއި ހިދުމަތުގެ އަގު ހަތަރު ޕަސެންޓު އުފުލިއްޖެ

މި އަހަރުގެ މާޗު މަހަށް ވުރެ އެޕްރީލް މަހުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގު ހަތަރު ޕަސެންޓު އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުން ދައްކައިފި އެވެ. 
މުދަލާއި ހިދުަމަތުގެ އަގަށް އަންނަ ބަދަލުތައް ދައްކުވައިދޭ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ އެޕްރީލް މަހުގެ ތަފާސްހިސާބު ސްޓެޓިސްޓިކް ބިއުރޯއިން އާންމުކުރީ މެއި 31، ގަ އެވެ.
މާޗު މަހަށް ވުރެ ތަކެތީގެ އަގުތައް ވަނީ 4.18 ޕަސެންޓު އުފުލިފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހަށް ވުރެ މުދަލާއި ހިދުމަތުގެ އަގު 2.9 ޕަސެންޓު ވަނީ އުފުލިފަ އެވެ. 
އެޕްރީލް މަހުގެ އެންމެ އަގުތައް އުފުލުނީ ކަރަންޓާއި، ފެނާއި، ގޭހާއި އަދި ބޯހިޔާވަހިކަމުގެ ދާއިރާއިންނެވެ. އެ ދާއިރާތަކުގެ އަގުތައް ވަނީ 17.29 ޕަސެންޓު އުފުލިފަ އެވެ. 
ފާއިތުވި މަސްތަކުގައި ބާޒާރުަގައި ސިމެންތި ބަސްތާއެއްގެ އަގު 300ރ. އަށްވުރެ ބޮޑުވިއިރު ސީޕީއައިއިން ދައްކާ ގޮތުގައި ސިމެންތީގެ އަގުތައް އެޕްރީލް މަހު އެކަނި 17 ޕަސެންޓު އުފުލުނެވެ. 
މާލެ ސަރަހައްދުަގައި އަގުތައް އުފުލުނީ 3.24 ޕަސެންޓުން ކަމަށްވާއިރު އަތޮޅު ތެރޭ ރަށްރަށުގައި މުދަލާއި ހިދުމަތުގެ އަގު ވަނީ 5.56 ޕަސެންޓު އުފުލިފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ އަސަރު ރާއްޖޭގެ ދަތުރުފަތުރަށް ވެސް އަންނަނީ ކުރަމުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ދަތުރުފަތުރުގެ ހަރަދު ވަނީ އަށް ޕަސެންޓު ބޮޑުވެފަ އެވެ. 
އެ އިދާރާއިން ވަނީ އެސެންޝަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސް (އީސީޕީއައި) ވެސް މެއި 31، ގައި ޝާއިއުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހަށް ވުރެ އަސާސީ ބާވަތްތަކުގެ އަގުތައް ވަނީ 5.77 ޕަސެންޓު ބޮޑުވެފަ އެވެ. 
މިދިޔަ އަހަރުގެ އެޕްރީލް މަހަށް ވުރެ ގޭހުގެ އަގު ވަނީ 22 ޕަސެންޓު ބޮޑުވެފަ އެވެ. ކޮފީގެ އަގު 18 ޕަސެންޓު ބޮޑުވުއިރު މަހުގެ ބާވަތްތަކުގެ އަގު ވަނީ 10 ޕަސެންޓު ބޮޑުވެފަ އެވެ. 
ތަރުކާރީގެ ބާވަތްތަކާއި މުއާސަލާތީ ދާއިރާތަކުގެ އަގު އެޕްރީލް މަހު ދިޔައީ ދަށަށް ކަމަށް ސީޕީއައިއިން ދައްކަ އެވެ. 
މިއީ ފަހުގެ ތާރީހެއްގައި މުދަލާއި ހިދުމަތުގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރެއްހާ ދުވަހު ސީޕީއައި އަށް ބަލާއިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ