އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ހައްލު ނުވާތީ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރާއި އިތުރު ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
އައްޑޫ ރައްޔިތުން މުޒާހަރާ ކުރަމުންދާ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. ރައްޔިތުން ހިތަދޫގައި ހުންނަ ފެނަކަ އޮފީސް ދޮރުމަތީގައި މުޒާހަރާ ކޮށްފައިވާއިރު މުޒާހަރާގެ ބައިވެރިން ކަންބޮޑުވުންތަކާއި ޝުއޫރުތައް ލިޔެފައި ހުރި ކަރުދާސްތައް ހިފަހައްޓައިގެން ހުންން މަންޒަރުފެނެއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަކީ އަދިވެސް ހައްލު ނުވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.
މިދިޔަ މަހުގެ ތެރޭގައި އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ވަނީ ބޭނުން ކުރަންވެސް ފަށާފައެވެ. އައްޑޫ ސިޓީގެ ހިތަދޫއާއި، ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތަށް ބުރޫއަރައި މެދުކެނޑޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ، ފެނަކަ ހާޒިރުކޮށް ކުންފުނިން މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް ސުވާލުކުރިއެވެ.
1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފެނަކައިން އެ ހަފްތާގައި އެ ސިޓީއަށް ފޮނުވީ ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. ފެނަކައިން ބުނީ އައްޑުގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޔަގީންކުރުމަށް، އެ ސިޓީގެ ސީޕީއެސްއަށް ހޯދި 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިގެ އިހުމާލުތަކެއްވާކަމަށް ބުނެ ކުންފުނީގެ ވެރިން ހާޒިރުކޮށްދޭން އެދި ކޮމިޓީއަށް ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާނެވެ. އަޒާން ހުށަހެޅި މައްސަލައިގައި ވަނީ އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެއް އަހަރުވެގެން ދިޔައިރު އަދިވެސް ބައެއް އިންޖީނުތަކުގެ ސްޕެއާތައް ލިބިފައި ނުވާކަމަށެވެ. މި މައްސަލައިގެ ހައްލެއް ނުލިބި އެތައް ދުވަހެއްވެފައި ވުން އަޒާން ސިފަ ކުރެއްވީ ކުންފުނީގެ އިހުމާލާއި ފަރުވާކުޑަކަމުގެ ހެއްކެއްގެ ގޮތުގައެވެ.
މި މައްސަލައިގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އައްޑޫއަކީ ބޮޑު އާބާދީއެއް އޮތް، ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީކަމަށާއި އެހެންކަމުން ލިބެން ޖެހޭނީ ރަނގަޅު ހިދުމަތެއްކަމަށެވެ. އަދި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮތް ކުންފުންޏެއްގެ ހާލަތު އެހާ ދަށަށް ގޮސް މައްސަލަ ހައްލު ނުވެ ގޯސް ވަނީ ކޮން ސަބަބާއި ހުރެކަން އެނގެން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
އައްޑޫގައި ކަރަންޓުގެ މައްސަލަ ހައްލު ނުވާތީ މުޒާހަރާ ކުރަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ