ޔޫރަޕްގެ މި ވަރުގަދަ ބާރުން އުއްމީދު ކުރަނީ 60 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އަލުން ތަށި އުފުލާލުމަށެވެ. އިންގްލެންޑުން އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރީ 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ވެސްޓް ޖަރުމަނު 4-2 އިން ބަލިކުރުމަށްފަހު އެވެ.
އޭގެ ފަހުން އެ ޓީމަށް އެންމެ ދުރަށް ދެވުނީ 1990 އަދި 2018 ވަނަ އަހަރުގެ ސެމީ ފައިނަލަށެވެ. މީގެ އިތުރުން ފަސް ފަހަރެއްގެ މަތިން ކުއާޓާ ފައިނަލްގައި ވާދަކޮށްފައިވެ އެވެ.
މިއީ އެ ޓީމް މި މުބާރާތުގައި ވާދަކުރާ 17 ވަނަ ފަހަރެވެ. އަދި މިއީ ޖެހިޖެހިގެން އެ ޓީމު ވާދަކުރާ އަށްވަނަ މުބާރާތެވެ.
އިންގްލެންޑްގެ ކޯޗު: ތޯމަސް ޓުޗެލް
ގެރެތް ސައުތުގޭޓް މަގާމުން ވަކިވުމާ ގުޅިގެން، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންގްލެންޑްގެ އާ ކޯޗަކަށް ޓުޗެލް ހަމަޖެއްސި ނަމަވެސް، އޭނާ މަގާމާ ހަވާލުވީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ޓުޗެލް އަކީ އިންގްލެންޑްގެ ގައުމީ ޓީމާ ހަވާލުވި ބޭރު ގައުމެއްގެ ތިންވަނަ ކޯޗެވެ. އޭނާ ވަނީ މައިންޒް، ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ، ޗެލްސީ އަދި ބަޔާން މުނިކް ފަދަ ކްލަބުތަކަށް ކާމިޔާބީތައް ހޯދައިދީފަ އެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑްގެ މެޗުތައް
17 ޖޫން: އިންގްލެންޑް - ކްރޮއޭޝިއާ (ޑަލަސް ސްޓޭޑިއަމް)23 ޖޫން: އިންގްލެންޑް - ގާނާ (ބޮސްޓަން ސްޓޭޑިއަމް)27 ޖޫން: ޕެނަމާ - އިންގްލެންޑް (ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް)
އިންގްލެންޑްގެ ސްކޮޑް
ކޯޗު ތޯމަސް ޓުޗެލް ބޮޑަށް އިތުބާރު ކޮށްފައިވަނީ ކޮލިފައިންގެ ހުރިހާ މެޗެއް ކާމިޔާބުކޮށްދިން ކުޅުންތެރިންނަށެވެ. ކެޕްޓަން ހެރީ ކޭންގެ އިތުރުން، އައިވަން ޓޯނީ އާއި އޮލީ ވަޓްކިންސް އަށް ވެސް ވަނީ ސްކޮޑުން ޖާގަ ދީފަ އެވެ.
ކޮލިފައިވި ގޮތް
2026 ގެ ވޯލްޑް ކަޕުން އެންމެ ފުރަތަމަ ޖާގަ ކަށަވަރުކުރި ޔޫރަޕްގެ ގައުމަކީ އިންގްލެންޑެވެ. އެ ޓީމުން ވަނީ ކޮލިފައިންގެ ފުރަތަމަ ހަ މެޗުވެސް، ބައިކޮޅަށް ލަނޑެއް ހިފަހައްޓާފަ އެވެ. ކޮލިފައިން ނިމެން ދެ މެޗަށް ވެފައި ވަނިކޮށް އިންގްލެންޑުން ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
އިންގްލެންޑްގެ ވޯލްޑް ކަޕް ތާރީޚު
އެންމެ މޮޅު ނަތީޖާ: ޗެމްޕިއަންކަން (1966)އެންމެ ފަހުގެ ވޯލްޑް ކަޕް: ގަތަރު 2022 (ކުއާޓާ ފައިނަލް)ފުރަތަމަ ފަހަރަށް ވާދަކުރީ: ބްރެޒިލް 1950ޖުމްލަ ބައިވެރިވުން: 17 ފަހަރުޖުމްލަ ރެކޯޑް: 74 މެޗު، 32 މޮޅު، 22 އެއްވަރު، 20 ބަލި. ޖެހި ގޯލް: 104، ބައިކޮޅަށް ވަނީ: 68 ގޯލް.
އިންގްލެންޑްގެ އެންމެ ކާމިޔާބު ވޯލްޑް ކަޕް
އިންގްލެންޑްގެ ފުޓްބޯޅަ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ ވަގުތަކީ 1966 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި ތަށި އުފުލާލި ހިނދުކޮޅެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލްގައި ވެސްޓް ޖަރުމަނު އަތުން އެ ޓީމު މޮޅުވީ 4-2 އިންނެވެ. މި މެޗުގައި ޖެފް ހަރސްޓް ވަނީ ވޯލްޑް ކަޕް ފައިނަލެއްގައި ފުރަތަމަ ފަހަރަށް ހެޓްރިކެއް ހަދާފައެވެ.
އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ
އިންގްލެންޑަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖަހައިދީފައިވަނީ ގޭރީ ލިނެކާ އެވެ. އޭނާ ވަނީ ޖުމްލަ 10 ގޯލް ޖަހާފައެވެ. މިހާރުގެ ކެޕްޓަން ހެރީ ކޭން ވަނީ މިހާތަނަށް 8 ގޯލް ޖަހާފައެވެ.
އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ
އިންގްލެންޑްގެ ކީޕަރު ޕީޓާ ޝިލްޓަން ވަނީ ވޯލްޑް ކަޕްގެ 17 މެޗުގައި ކުޅެފައެވެ. އޭނާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ކުޅުނީ އުމުރުން 32 އަހަރުގައެވެ. އަދި އެންމެ ފަހު މެޗު ކުޅުނީ 1990 ވަނަ އަހަރު އުމުރުން 40 އަހަރުގައެވެ.
އެންމެ ބޮޑު މޮޅު
އިންގްލެންޑް ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު މޮޅަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތުގައި ޕެނަމާ އަތުން 6-1 އިން ހޯދި މޮޅެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރުވެސް އިންގްލެންޑުން އޮތީ 5-0 އިން ކުރީގައެވެ.
ގޯލްކީޕަރުން
ޖޯޑަން ޕިކްފޯޑްޑީން ހެންޑަސަންޖޭމްސް ޓްރެފޯޑް
ޑިފެންޑަރުން
އެޒްރީ ކޮންސާނީކޯ އޯރައިލީޖޯން ސްޓޯންސްމާކް ގޭހީޓީނޯ ލިވްރަމެންޓޯޑޭން ބާންރީސް ޖޭމްސްޖެޑް ސްޕެންސްޖަރެލް ކުއަންސާ
މިޑްފީލްޑަރުން
ޑެކްލަން ރައިސްއެލިއަޓް އެންޑަސަންޖޫޑް ބެލިންގްހަމްޖޯޑަން ހެންޑަސަންކޮބީ މައިނޫމޯގަން ރޮޖާސްއެބެރެޗީ އެޒޭ
ފޯވާޑުން
ބުކާޔޯ ސަކާހެރީ ކޭންމާކަސް ރަޝްފޯޑްއެންތޮނީ ގޯޑަންއޮލީ ވޮޓްކިންސްނޯނީ މަޑުއޭކޭއައިވަން ޓޯނީ
މެނޭޖަރު
ތޯމަސް ޓުޗެލް
ޓީމް ޕްރޮފައިލް: އިންގްލެންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ