އިންތިޚާބުގެ އިންތިޒާމުތަކަށް ބަލާއިރު، ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ ތެރެއިން 240 ފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާއިރު، އަވަށްޓެރި ސްރީލަންކާގައި ވެސް އެއް ފޮށި ބަހައްޓާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. މިފަހަރުގެ އިންތިޚާބުގައި ރަށްރަށާއި މާލޭގައި ވެސް ވޯޓުފޮށިތައް ބަހައްޓާފައިވަނީ ސްކޫލްތަކުގައެވެ. މާލޭގައި އެކަނިވެސް 10 ސްކޫލެއްގައި ވޯޓުލުން ކުރިއަށްދެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިންތިޚާބުގެ ކަންކަން ނިމެންދެން މިވަގުތު އެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ