އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ ވާދަވެރި އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރުފަހު 2:30 އިން މިރޭ 8:30 އަށެވެ.
ތަފްސީލް - އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ:
ކެންޑިޑޭޓު ނަންބަރު 1، ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކެންޑިޑޭޓު ނަންބަރު 2، އިބްރާހީމް މުހައްމަދު (ވާޑު)
ކެންޑިޑޭޓު ނަންބަރު 3، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް
ނަޝީދާއި މީކާއިލް ވަނީ ވާދަވެރި ކެމްޕޭނެއް ކުރިއަށް ގެންދަވައިފަ އެވެ. 'ބޮޑު ބަދަލު'ގެ ނަމުގައި ނަޝީދުގެ ކެމްޕޭނު ކުރިއަށްގެންދެވީ އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަވާނެ ބަދަލުތަކާއި ގެންގުޅޭނެ ސިޔާސަތުތައް ވިދާޅުވެ ދެއްވަމުންނެވެ.
މީކާއިލްގެ ކެމްޕޭނު 'އިތުބާރު'ގެ ނަމުގައި ކުރިއަށް ގެންދެވީ ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ޕާޓީއަށް އަލުން އަނބުރާ ހޯދައިދީ، 2028ގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބުކޮށްދިނުމުގެ ވާހަކަތަކާ އެކު އެވެ.
ގުޅުން ހުރި - އެމްޑީޕީގެ އެތެރޭގައި ފެކްޝަންތަކުގެ ވާދަވެރިކަން ބޮޑެވެ. ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ ފެކްޝަނާ އެކީގަ އެވެ.
މީކާއިލްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނުންނެވެ. ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާކަން ޝާހިދު އިއުލާންކުރައްވާފައިވެ އެވެ.
ްއެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ވާދަވެރި އިންތިހާބުގެ ވޯޓުލުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ