ފަތުރުވެރިކަމުގެ އޮފް-ސީޒަން ދުވަސްވަރާ ދިމާކޮށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު %25 އިތުރުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްއޭއިން މިއަދު ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހަށް، ކޮންމެ ހަފްތާއަކު ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު ޖުމްލަކޮށް %25 އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ތަފްސީލު - އޮފް-ސީޒަން ދުވަސްވަރު ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާއިރު، އެމްއެމްއޭއިން ބުނި ގޮތުގައި، ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަން ނިންމީ، މިފަދަ ދުވަސްވަރެއްގައި ވެސް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމާ އެކު އެކަމުގެ ސަބަބުން ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
"މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ،" އެމްއެމްއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެނގުން މުހިންމު - ރާއްޖޭގެ ބައެއް ބޭންކުތަކަށް ޑޮލަރު ލިބޭ އަދަދަށް ވުރެ ވިއްކާ އަދަދު ނިސްބަތުން ގިނަ ވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް އެ ބޭންކުތަކުން ވަނީ ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތަކަށް ދުވާލަކަށް ވަކި ލިމިޓެއް ވަނީ ކަނޑައަޅައިފަ އެވެ.
އެމްއެމްއޭއިން ކުރިއަށް އޮތް 3 މަހު ބޭންކުތަކަށް %25 އިތުރަށް ޑޮލަރު ވިއްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ