ހުޅުމާލޭގައި ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެ، އެޕާޓްމަންޓަކަށް ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހުޅުމާލެ 1 ގެ 141 ވަނަ ފްލެޓުގެ ގްރައުންޑު ފްލޯއެއްގެ ބަދިގޭގައި ބޭނުންކުރި ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެގެން ރޭ ފަތިހު 4:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފަޔަ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލީ 4:58 ހާއިރެވެ.
އެ ހާދިސާގެ ސަބަބުން ހަ މީހަކަށް ދުމުގެ އަސަރު ކޮށްގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އަދި ހަ މީހުންގެ އެ އާއިލާ އެހެން ތަނަކަށް ބަދަލުކުރުމާއި އެ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯތަކުން، އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ތަން ފެނެ އެވެ. އޭގެ ތެރެއިން، ބަދިގޭގެ ހުރި ސާމާނާއި ސިޓިން ރޫމަށް ވެސް ގެއްލުންތައް ލިބިފައިވެ އެވެ.
ފެން ހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާންގަނޑުން އެޕާޓްމަންޓަކަށް ބޮޑު ގެއްލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ