ތ. ވަންދޫގައި ސަރުކާރުން އަލަށް އިމާރާތްކުރަމުންދާ މިސްކިތުގެ ބޮޑުބައެއް ނިމި، މިހާރު މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ވަންދޫ މިސްކިތް ބިނާކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގޮސް، މިހާރު އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
މި މަޝްރޫއު ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް ޓަކައި، އެ މިނިސްޓްރީގެ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސެކްޝަނުން ވަންދޫއަށް ޒިޔާރަތްކޮށް، މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި ފާސްކުރަމުންދާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ މިސްކިތް ފަރުމާކޮށްފައިވަނީ، ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކުއެވެ. އަދި މާ ލަސްތަކެއް ނުވެ މިސްކިތް ހުޅުވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މިސްކިތްތައް ބެލެހެއްޓުމާއި މާރަމާތު ކުރުމާއި މިސްކިތްތައް ބިނާކުރުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވައެވެ. ހާއްސަކޮށް ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ މިސްކިތްތައް ބިނާކުރުމުގެ ބޮޑު މަޝްރޫއުއެއް އަންނަނީ ހިންގަމުންނެވެ.
ވަންދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ 95 އިންސައްތަ ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ