މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ދެވަނަ ގްރޫޕް، 260 ހާޖީންނާއެކު ސައުދީ އަރަބިއާއަށް ދިއުމަށް ފުރައިފިއެވެ.
މިފަހަރު ޙައްޖުވެރިން ގޮވައިގެން ސަޢުދީއަށް ގޮސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ. ޙައްޖުގެ އަޅުކަމަށް ރާއްޖެއިން މިއަހަރު މީހުން ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓުގައެވެ. އެގޮތުން ސަޢުދިޔާގެ 2 ފްލައިޓުގައާއި މޯލްޑިވިއަންގެ 2 ފްލައިޓުގައި ޙައްޖުވެރިން ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ގްރޫޕް ސަޢުދިޔާގެ ފްލައިޓެއްގައި ގޮސްފައިވާއިރު ދެވަނަ ގްރޫޕްވެސް މިހާރުވަނީ ފުރާފައެވެ. މޯލްޑިވިއަންގެ ފްލައިޓުގައި 260 ޙައްޖުވެރިންވަނީ ފުރާފައެވެ. މިފްލައިޓު ރާއްޖެ ގަޑިން 07:10 ގައި ފުރާފައިވާއިރު ޖިއްދާއަށް ދެވޭނެކަމަށް ބެލެވެނީ ރާއްޖެ ގަޑިން މެންދުރު 12 ޖާހާއިރެވެ.
260 ހާޖީންނާއެކު ހައްޖުވެރިންގެ ދެވަނަ ފްލައިޓް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ