މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތަފްސީލް - އެމްއެމްއޭގެ ސްކޮލާޝިޕް ފުރުސަތުގެ ދަށުން މެލޭޝިއާގައި ބެޗެލާސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމަށް ފުރުސަތު ލިބޭނެ އެވެ.
އެމްއެމްއޭ އިން ސްކޮލާޝިޕް ދޭ ދާއިރާތަކަކީ:
ބެޗެލާ އޮފް އެކައުންޓިން (ސެލަންގޯ އިސްލާމިކް ޔުނިވާސިޓީ، މެލޭޝިއާ)
މާސްޓާ އޮފް ލޯސް (އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ، މެލޭޝިއާ)
މާސްޓާ އޮފް އިކޮނޮމިކްސް (އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ، މެލޭޝިއާ)
ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް؛ ކޯސްވޯކް އެންޑް ޑިސަޓޭޝަން (އިންސީފް ޔުނިވާސިޓީ، މެލޭޝިއާ)
ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް؛ ރިސާޗް (އިންސީފް ޔުނިވާސިޓީ، މެލޭޝިއާ)
ޕީއެޗްޑީ އިން އެޕްލައިޑް މުއާމަލާތު، އިކޮނޮމިކްސް އެންޑް ފައިނޭންސް (އިންސީފް ޔުނިވާސިޓީ، މެލޭޝިއާ)
މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2 އެވެ.
ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވާސިޓީގެ އެހެން ހަރަދުތައް އެމްއެމްއޭ އިން ހަމަޖައްސައިދޭނެ އެވެ. މީގެ އިތުރުން ކޯހުގެ މުއްދަތުގައި ދިރިއުޅުމުގެ ހަރަދުތަކާއި އަހަރަކު އެއްފަހަރު ބުކް އެލަވެންސް، އެސްޓެބްލިޝްމެންޓު އެލަވެންސް، ޑިޕާޗާ އެލަވެންސް، ޕްރޮގްރާމަށް ފުރުާއިރު އަދި ނިމިގެން އަންނައިރު ފްލައިޓް ޓިކެޓުގެ އިތުރުން ވިސާ ހަރަދާއި ހެލްތު އިންޝުއަރެންސް ވެސް ހަމަޖައްސައިދޭނެ އެވެ.
ސްކޮލާޝިޕް ފުރިހަމަކުރުމަށް ފަހު ފަސް އަހަރުގެ މުއްދަތަށް ރާއްޖެއަށް ހިދުމަތްކުރުމަށް ބޮންޑު ކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭގެ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ