ޞާދިޤު މެންބަރުކަމުގެ ހުވައިކުރައްވައިފި

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞާދިގަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ހުވާކުރެއްވުމަށްފަހު ޞާދިގު ވަނީ މެންބަރުކަމުގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 74 މެންބަރުންނަކީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މެންބަރުންނެވެ. މީގެ އިތުރުން އެމްޑީޕީގެ 13 މެންބަރުންނާއި، އެމްޑީއޭގެ ދެ މެންބަރުންނާއި، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީގެ ކޮންމެ ޕާޓީއަކުން މެންބަރެއްގެ އިތުރުން، މިނިވަން ދެ މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ