ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ރާއްޖޭގައި ޤާއިމްކޮށް ހިންގުމާ ގުޅޭ ގިނަ ތަފްސީލްތަކެއް ހިމެނޭ "ޑިޖިޓަލް އައިޑެންޓިޓީގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކަމާގުޅޭ ވަޒީރު އައްޔަންކުރައްވާ މި ކޮމިޓީގައި މިނިސްޓްރީގެ ފަންނީ މުވައްޒަފުންނާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއި، ޑިޖިޓަލް ސަރވިސްގެ މަންދޫބުން ހިމެނޭނެއެވެ. މީގެ އިތުރުން ލާޖް-ސްކޭލް އަދި ސްމޯލް-ސްކޭލް ޚިދުމަތްދޭ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްދޭ ކުންފުންޏެއްގެ މަންދޫބުންވެސް މި ކޮމިޓީގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.
މި ބިލުގައި ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކުރުން މަނާ ހާލަތްތަކާއި، ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ތަފްސީލީ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އައިޑެންޓިޓީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަންވެސް މި ބިލުގައި ވަނީ ވަރަށް ސާފުކޮށް ހިމަނާފައެވެ.
ޑިޖިޓަލް އައިޑެންޓިޓީ ބިލު މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ