ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަ އައިޑީޑީ ރޭޓުތަކެއް އުރީދޫ
މޯލްޑިވްސްއިން އިއުލާނުކޮށްފި އެވެ.
މި ޕެކޭޖުތަކާ އެކު، ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހަތަރު
ހަފްތާގެ މުއްދަތަށް 150 މިނެޓާ ހަމައަށް ވާހަކަ ދެއްކޭނެ ޕެކޭޖުތައް ކަސްޓަމަރުންނަށް ހިޔާރުކުރެވޭނެ އެވެ. މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ހައްޖުގެ އަޅުކަމުގައި އުޅޭ
އާއިލާތަކާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އަގުހެޔޮކޮށް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.
އުުރީދޫން ތައާރަފްކުރި އައިޑީޑީ ޕެކޭޖުތަކަކީ:
މި ހުރިހާ ޕެކޭޖެއްގެ މުއްދަތަކީ 4 ހަފްތާ އެވެ. މި ޕެކޭޖުތައް އުރީދޫ
އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު އެކްޓިވޭޓު ކުރެވޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ހައްޖުގެ
މަތިވެރި އަޅުކަމުގައި ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ ބަޔަކު ބައިވެރިވާއިރު މި
ދަތުރުގައި އާއިލާތަކާއި ގުޅިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އުރީދޫއިން ތައާރަފުކުރި ހާއްސަ އައިޑީޑީ އޮފާތަކުގެ ޒަރީއާއިން، އެ ކުންފުނީގެ އަމާޒަކީ މުއާސަލާތީ ހިދުމަތްތައް
ފަސޭހަކަމާ އެކު އަގުހެޔޮކޮށް ފޯރުކޮށްދީ، އެންމެ މުހިންމު ދަތުރުގައި ވެސް ކަސްޓަމަރުންނަށް
އެ ފަރާތްތަކުގެ އާއިލާއާއި ރައްޓެހިންނާ ރައްކާތެރިކަމާ އެކު ގުޅުމަށް އެހީތެރިވެދިނުން ކަމަށް ވިދާޅުވި އެވެ.
އުރީދޫން އަންނަނީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށް މިފަދަ އެކި ޕެކޭޖުތައް ތައާރަފްކުރަމުންނެވެ.
ހައްޖުވެރިންނަށް ގުޅަން އުރީދޫން ހާއްސަ އަގުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ