ހޮސްޕިޓަލަށް ގެންދިއުމުން ފިލި ގައިގެންދިޔަ ގައިދީ، ފުލުހުން ހޯދައިފި

އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން ފިލި ގައިދީ، ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހަވީރު ބުނެފިއެވެ. އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން ފިލީ، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ، ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންއެވެ. މީނާއަކީ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ހުރިމީހެކެވެ. https://sun.mv/222323 ފުލުހުން މިއަދު ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާކަމަށެވެ. މި ފަދަ މައްސަލައެއް މިދިޔަ ހަފުތާގައި ވެސް ފެންމަތިވިއެވެ. މިގޮތުން، މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށް މި މަހުގެ 13ގައި ފިލިއެވެ. އޭނާ ހޯދުނީ، އޭގެ ފަސް ދުވަސް މިދިޔަ ހޯމަ ދުވަހެވެ. އޭގެކުރިން މި މަހުގެ ކުރީކޮޅު ވެސް ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓައި، ފިލި މީހަކު ފުލުހުން ވަނީ އަލުން ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ