އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔުމުން ފިލައިގެން ދިޔަ ގައިދީ ހޯދައި އޭނާ އަލުން ބަންދުކޮށްފި އެވެ.
ފިލާފައިވަނީ ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މާޗު 18، ގައި ރޯވި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ސަހްބާން، 29، އެވެ.
އޭނާ ފިލި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށްވާއިރު އޭނާ ހޯދައި ކަރެކްޝަނާ މިއަދު ހަވީރު ވަނީ ހަވާލުކޮށްފަ އެވެ.
މީގެކުރިން، ފުލުހުން ކޯޓުގައި ބުނީ އެ މައްސަލައިގައި ހުސައިން ސަހްބާންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށާއި އޭނާއަކީ ކުށުގެ ރެކޯޑުވެސް އޮތް މީހެއް ކަމަށެވެ.
މައްސަލައާ ގުޅިގެން ހުސައިން ސަހްބާން ހަރަކާތްތެރިވެފައިވާ ގޮތުގެ ސްނެޕް ޝޮޓް ހިމެނޭ ފޮޓޯ ރިޕޯޓާއި އޭނާ ހަރަކާތްތެރިވެފައިވާ ގޮތުގެ ޓައިމްލައިނުގެ އިތުރުން އަލިފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އެނގޭނެ ފޮޓޯ ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.
ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔުމުން ފިލި ގައިދީ ހޯދައި އަލުން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ