މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ތައްޔާރުވެއްޖެ

މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމަށާއި، ޢާއިލާތަކަށް އެކުވެރި މާޙައުލެއްގައި ބައްދަލުވެ އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ނިންމަވައިފިއެވެ.
މާލޭގެ ހަރަކާތްތައް:
ހުޅުމާލޭގައި ވެސް މޭ 27 އިން 29 އަށް ސެންޓްރަލް ޕާކާއި ހިޔާ ޕާކް ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާނެއެވެ. ސެންޓްރަލް ޕާކުގައި ރެޕަލިންގ، ވޯޓަރ ސްލައިޑިންގ އަދި ފޯމް ބާތް ޕޫލް އޮންނައިރު، ހިޔާ ޕާކުގައި ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް އޮންނާނެއެވެ. ސެންޓްރަލް ޕާކުގައި މޭ 27 އަދި 29 ވަނަ ދުވަހު ސިފައިންގެ ޚާއްޞަ ހުށަހެޅުންތަކެއް އޮންނާނެއެވެ.
ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި މޭ 27 އިން 30 އަށް، ހަތަރު ދުވަހުގެ މުއްދަތަށް ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ރެޕަލިންގ ކުރުމާއި، އޮބްސްޓިކަލް ކޯސްތަކާއި، ކުޑަކުދިންނަށް ޚާއްޞަ އެކި ކުޅިވަރުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ