3 މަހަށްވުރެ ގިނަދުވަހު ބަންދުކޮށްފައި އޮތުމަށްފަހު ރަސްމީ ފާލަން ސަރަހައްދުގައި ތާރު އަޅައި، އާންމުންނަށް ހުޅުވާލައިފި

ތިން މަސްދުވަހުގެ މަސައްކަތަށް ފަހު، މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ. ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރި އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން، ހަތަރު ލޭނާއި މަގުގެ ދެ ފަރާތުގައިވާ ދުވާރު ވަނީ ފުޅާކޮށްފައެވެ. ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ފުޅާކުރި ސަރަހައްދު --- ސަން ފޮޓޯ/ މޫސާ ނަދީމް މީގެ އިތުރުން އެމްޓީސީސީން އެ ސަރަހައްދު ތަރައްގީކުރީ ފުރޮޅުލީ ގޮނޑި އަދި ޓްރޮލީ ފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކަށްވެސް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދުގެ ޓްރެފިކް ލުއިވާނެ ކަމަށެވެ. އަދި އާ ސްޓޯމްވޯޓާ ޑްރެއިނޭޖް ސިސްޓަމްގެ ސަބަބުން ބޯކޮށް ވާރޭވެހޭ ދުވަސްދުވަހު ފެންބޮޑުވުމުގެ ހާދިސާތައް މަދުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ހިއްކައި ތަރައްގީކުރި ސަރަހައްދުގައި ހަދާފައިވާ ދުވާރު: ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދުގެ ދުވާރުވެސް ފުޅާކޮށް، ހިނގާބިނގާވެ އުޅޭ މީހުންނަށް ވަނީ ފަސޭހަކޮށްފައި --- ސަން ފޮޓޯ/ މޫސާ ނަދީމް ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22ވަނަ ދުވަހެވެ. ގާތްގަނޑަކަށް 144.5 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ. މިއީ އަދި މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓެވެ. ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު ހުޅުވުމަށް އެމްޓީސީސީން ތައްޔާރުވަމުން ދަނީ: އެ ސަރަހައްދު ސާފުކޮށް މިހާރު ވަނީ ހުޅުވާލައިފަ --- ސަން ފޮޓޯ/ މޫސާ ނަދީމް މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކުގެ ދަށުން ރަށުގެ ވަށައިގެންވާ ބައެއް ހިސާބުތަކުގައި ތާރު އަޅާފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ. https://sun.mv/210264 މާލޭގެ އިތުރު މައި މަގެއް ކަމަށްވާ އަމީނީމަގުގައި ދުއްވުން ފަސޭހަކުރުމުގެ ގޮތުން ޒަމާނީ ފެންވަރަކަށް ހަދައި ނިންމީ މިދިޔަ އަހަރު ތެރޭގައެވެ. ނަމަވެސް އަހަރު ނުވަނީސް އެ މަގުގެ ތާރުގަނޑުގައި 'މުލިހިތަކެއް' އުފެދި، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ނުރައްކަލަކަށް ވެފައިވާކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ