ބޮޑުތަކުރުފާނު މަގުގެ ތާރުއެޅި ސަރަހައްދު އާއްމުންނަށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމައި ތާރުއެޅި ސަރަހައްދު އާއްމުންނަށް މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ. 
ތަފްސީލް - ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެން ކުރަމުން އަންނަ މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓް މަސައްކަތް ނިންމައި އެ ސަރަހައްދު އާންމުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
އެގޮތުން:
ސެގްމަންޓް 1ގައި ހިމެނެނީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންއާ ހަމައަށް ހިމެނޭ 130 މީޓަރުގެ ސަރަހައްދެއް 
އެ ސަރަހައްދުގައި ތާރުއަޅައި ނިންމާލާފައިވާއިރު، ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށްފައިވޭ
ދެން މަސައްކަތް ފަށާނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަަހައްދު
އެނގުން މުހިއްމު - ދެ ފިޔަވައްސަށް ބަހާލައިގެން ކުރަމުން އަންނަ މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭންއަށް މަގު ހެދުން
830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް)
ދުވާރުތައް ހެދުން
ފެން ހިންދާ ނިޒާމް ގާއިމުކުރުން
ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން
737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ