ޖަޕާނަށް ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރެއް

ޖަޕާނަށް ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ނެރެފިއެވެ.
ޖަޕާނުގެ މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ، ބިންހެލުމެއް އައިކަން ޔަގީންކޮށްދީފައެވެ. ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ ގަޑިން 11:15 ހާއިރުއެވެ. ބިންހެލުން އައިސްފައިވަނީ ބިމުގެ 50 ކިލޯމީޓަރު އަޑިން 7.2 މެގްނިޓިއުޑް ބާރުމިނުގައެވެ. ބިންހެލުމާ ގުޅިގެން މިހާތަނަށް ލިބުނު ގެއްލުންތަކެއް އަދި ސާފެއް ނުވެއެވެ.
ޖަޕާނުގެ މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ ޕެސިފިކް އޭރިއޭ ސަރަހައްދުތަކުގެ ތެރެއިން ހޮކައިޑޯ، އައޮމޯރީ ފަދަ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރުދީފައެވެ.
އިތުރު ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ