ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ކާޓޫން ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓޫންތަކެއް މަދުވި މައްސަލައެއްގައި ފުލުހުންގެ ސީނިއާ ސާޖަންޓަކު ހައްޔަރުކޮށްފި އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނިގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:
މުނައްވަރު އާދަަމް، 39، ޝަބުނަމީގެ/ އދ. ދިގުރަށް 
މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއާ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް 
މި މައްސަލައާ ގުޅިގެން އެ ފުލުސް މީހާ ވަނީ ސަސްޕެންޑްކޮށްފައި
ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި ސިނގިރޭޓު ކާޓޫންތަކެއް މަދުކަން އެނގުނީ އެ ތަކެތި މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަސްޓަމްސްއާ ހަވާލުކުރަން އުޅުނު އިރު ބެލި ބެލުމުގަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި:
ގާނޫނާ ހިލާފަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ބިދޭސީއެއްގެ އަތުން މިދިޔަ 23 މެއިގައި 32 ކާޓޫން ސިނގިރޭޓް ހިފެހެއްޓި 
ނަމަވެސް އޭގެ ތެރެއިން 6 ކާޓޫން މަދު
އެކަން ބަލަމުން ދަނިކޮށް، 23 ޑިސެމްބަރު 2024ގައި ދެ ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކާޓޫންތަކުގެ ތެރެއިން ވެސް 31 ކާޓޫން ސިނގިރޭޓް ފެނިފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ