ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރު 8ގެ 14 ވަނަ ފަންގިފިލާ އިން މިއަދު މީހަކު ވެއްޓި، މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ހިޔާ ފްލެޓުން މީހަކު ވެއްޓުނުކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:32 ހާއިރު ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އެއީ 33 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ބަނޑުވަތަށް ވެއްޓި، ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ ތަނެވެ.
ހިޔާ ޓަވަރެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ