ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ކޮންމެ ރެއަކު 00:00 އިން ހެނދުނު 06:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މަސައްލަތް މާލެއާ ހުޅުމާާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށާ ޚާއްސަކޮށް މާލެއާ ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި އެ މީހުން ރާއްޖޭގައި ދިރިއުޅެނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މިގޮތަށް ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާއިމެދު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް އެފަދަ މީހުން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅެމުންދާތީ ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރާނެ ކަމަށް ހާމަކުރެއްވީ ރައީސް މުއިއްޒު އެވެ.
ދަންވަރު ބޭރުގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން: ހުރިހާ ރަށެއްގައި ފުލުހުން ހަރަކާތްތެރިވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ