ރައީސް ސޯލިހު ރާއްޖޭގައި ކުރެއްވީ ހެޔޮވެރި ކަމެއްކަން ރަށްރަށުގެ ރައްޔިތުން ދަނީ ކަށަވަރު ކޮށްދެމުންނެވެ. މީގެ ކުޑަ ދުވަސްކޮޅެއް އެކަން ފެނިގެން ދިޔައީ ފ. އަތޮޅު މަގޫދޫންނެވެ. މަގޫދޫން ފެނިގެން ދިޔަ ތާއީދާއި ލޯބިން އެރަށު މީހުން ދިން މެސެޖަކީ އަދިވެސް އިބޫނޫން ގޮތެއް އެމީހުނަށް ނެތްކަމެވެ.
ރައީސް ސޯލިހު ކުރެއްވީ ހެޔޮވެރިކަމެއްކަން މިއަދު އެ ސާބިތު ކޮށްދެނީ އއ. ބޮޑުފޮޅުދޫ ރައްޔިތުންނެވެ. އއ. ބޮޑުފޮޅުދޫ ކައުންސިލުން ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ރައީސް ސޯލިހަށް އެރުވީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމާ އެކުގައެވެ.
ބޮޑުފޮޅުދޫ ރައްޔިތުން ރައީސް ސޯލިހަށް ކުރުނީސް އެކުރަނީ ވެރިކަމުގެ އާރެއް ބާރެއް ވަޒީފާގެ ނުފޫޒެއް އޮވެގެނެއް ނޫނެވެ. ހުދުމުހުތާރު ވެރިއެއްގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް ބިރެއް ސިހުމެއް ނެތިއެވެ. ގެއްލިދާނެ ވަޒީފާއަކަށް ޖެހިދާނެ ތުރާލަކަށް ނުބަލާ ބޮޑުފޮޅުދޫ ރައްޔިތުން ވެސް ބުނަނީ އެ މީހުނަށް ހަމަ އިބޫވަރެއް ނެތްކަމަށެވެ.
ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން ކޮޅުނެތްކޮޅަށް މަގުތައް ފުރާލާފައި ކުދި ބޮޑު އެންމެން އެތިބީ ކުޑަވެސް މަޖުބޫރު ކަމެއްނެތިއެވެ. ހިތުން ރުހުމުންނެވެ. ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ނިކުމެތިބީ ރަށުގެ ރައްޔިތުންނެވެ. ޝުކުރުން ފުރިފައެވެ. ހިދުމަތްތެރި އޯގާތެރި ވެރިކަމެއް ކޮށްދެއްވި ރައީސް ސޯލިހައށް އޮތް ފަނޑުނުވާ އިހުތިރަމާއި، ލޯތްބާއި ގަދަރު އިންތިހާއެވެ.
ބޮޑުފޮޅުދޫން ވެސް ބުނަނީ އިބޫ ވަރެއް ނެތްކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ