ވީއަކީ ތަނަވަސް މީހެކެވެ. ހުރީ އެންމެ ދަރިއެކެވެ. އެއީ އަންހެން ދަރިއެކެވެ. އޭނާއަށް ހެޔޮކޮށް ހިތަމުން އައީ އިމެއް ނެތިއެވެ. 3 ބަފައިން ވަރަށް އުފަލުގައި އުޅެމުން ދަނިކޮށް އެކްސިޑެންޓެއްވެ ފައިބިނދި ބޮޑެތި މައްސަލަތަކެއް ކުރިމަތިވިއެވެ. ރަނގަޅުވިއިރު ހިނގައި އުޅެވެނީ ވަރަށް އުނދަގުލުންނެވެ.
އެޙާލަތުގައި އަނބިމީހާ ބޭނުންވީ ވަރިވާށެވެ! ދަރިފުޅުވެސް ހުރީ މަންމަގެ ކޮޅަށެވެ. ވީ އެކަމަށް ދެކޮޅެއް ނުހަދައެވެ. ތަނަވަސްކަން ދެބައަށް ބަހާލައި އެއްބައި ދެމައިންނަށް ހަދިޔާކޮށްފައި ވީ ފުރައިގެން އެެހން ސިޓީއަކަށް ދިއައީއެވެ.
އެސިޓީގައި ވީއުޅުނީ އަތުގައި ފައިސާ ނެތް ފަޤީރަކަށް ހެދިގެންނެވެ. ހުރީވެސް އެންމެ ފަޤީރު މީހުން ތިބޭ ގެސްޓްހައުސެއްގައެވެ. އެހެން އުޅުމުގެ ތެރޭގައި ބައްދަލުވި އަންހެނަކު އޭނާދެކެ ލޯބިވެ ކައިވެނިކުރަން އެދުމުން ކައިވެނިކުރީއެވެ. އޭނާގެވެސް އަންހެން ދަރިއަކު ހުރެއެވެ.
އެކުގައި ދުވަސްތަކެއްވަންދެން އުޅެ އަނބިމީހާ އޭނާދެކެ ޙަޤީޤީ ލޯބިވާކަން އެނގުމުން އޭނާގެ އަޞްލު އަނބިމީހާއަށް ބުނެދީ ސިޓީގައި ވިޔަފާރިކުރަން ފެށިއެވެ. އަމިއްލަ ސިޓީގައި ހުރި ވިޔަފާރި ބަލަހައްޓަނީ އޭނާ ބުނާ ގޮތަށް މުވައްޒިފުންނެވެ.
5 އަހަރުވީތަނާ ދެމައިންގެ ވިޔަފާރި ބަނގުރޫޓުވީއެވެ. ބަނގުރޫޓުވީ ދެމައިންގެ ފިރިންގެ މަކަރަކުން ބޮޑު ވައްކަމެއް ކުރުމުންނެވެ. އެހިސާބުން ދެމައިންނަށް ކުރެވުނު ބޮޑުކޮށް ވިސްނި ވީ ގެ ލޯޔަރު މެދުވެރިކޮށް މާފަށް އެދި އެނބުރި އައުމަށް އެދުމުން ވީ ފޮނުވީ މިހާރުގެ ޢާއިލާއާއިއެކު ފޮޓޯއެކެވެ. ލިޔެފައިވަނީ ޢާއިލާގައި އެހެންބައަކު ތިބިކަން މިހާރު ނުއެނގޭ ކަމަށެވެ.
މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ވަރަށް ކުރު ޚުލާޞާއެކެވެ. ބުނެލަން ބޭނުންވަނީ ދިރިއުޅެމުން ދަނިކޮށް ބޮޑުކަމެއް ކުރިމަތިވެ އެކަކު ޙާލެއްގައި ޖެހުމުން އެކުގައި އުޅެން ފޫހިވާ މީހުންނަށާއި ނުކުޅެދޭ މީހަކު ދެކެނަމަވެސް ހިތުގެ އަޑިން ލޯބިވާ މީހުންނަށް މިވާހަކައިގައި ރަނގަޅު ފިލާވަޅެއްވާ ކަމަށެވެ. މަކަރުވެރިންގެ ކިބައިން ލިބިދާނެ އަނިޔާގެ ބޮޑުކަންވެސް އެނގިގެންދާ ކަމަށެވެ.
- ޝިފާޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ނުކުޅެދޭ މީހަކު ދެކެ ލޯބިވި އަންހެނަކަށް ލިބުނު ތަނަވަސްކަމާ އުފާވެރި އުޅުން- ނުކުޅެދޭ މީހަކަށްވުމުން ލޯބިނުވާ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ