އަމިއްލައަށް އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންގެ ޓިކެޓު އަގުހެޔޮކޮށްފި

ޓްރެވެލް އެޖެންޓަކާ ނުގުޅި އެކަނި އަންނަ ފަތުރުވެރިން ނުވަތަ ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް (އެފްއައިޓީ)އަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓުގެ އަގު ހެޔޮކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވިއަނުން އިއްޔެ ބުނީ، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފްއައިޓީންނަށް ވިއްކާ ޓިކެޓުން އެވްރެޖުކޮށް %15 ހެޔޮކޮށްފައިވާ ކަމަށެވެ.
ތަފްސީލް - މި ބަދަލު ގެނައީ ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޓްރެވެލް އެޖެންޓެއް މެދުވެރިނުވެ އަންނަ މީހުންނަށް އަގުހެޔޮކޮށް މޯލްޑިވިއަންގެ ފްލައިޓުތައް މެދުވެރިކޮށް ދަތުރު ކުރެވޭނެ ފުރުސަތު ދިނުމަށް ކަމަށް އެ އެއާލައިނުން ބުންޏެވެ.
އަގުހެޔޮކޮށް ޓިކެޓު ވިއްކަން އިއްޔެ ފަށާފައިވާއިރު، އަންނަ ނޮވެމްބަރުން ފެށިގެން އެ ޓިކެޓުތަކުގައި ދަތުރު ކުރެވޭނެ އެވެ.
ބުނީ ކީކޭ؟ - މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މިއީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ އެއާލައިނުން ދޭ އެއްބާރުލުމުގެ ބައެއް ކަމަށެވެ.
ފަސިންޖަރުންނަށް ބޮޑު ލުޔެއް ލިބޭނެހެން ތައާރަފު ކުރި އާ އަގުތަކާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ފަތުރުވެރިންނަށް އޭގެ ފަސޭހަކަންް ލިބޭނެ ކަމަށް ވެސް އިޔާސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - މޯލްޑިވިއަނުން މިހާރު ވެސް އަންނަނީ ޓޫރިސްޓުންނަށް ހާއްސަ އަގުތަކެއްގައި ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ދަތުރުކުރާ ފަސިންޖަރުންނަށް ޓިކެޓު ވިއްކަމުންނެވެ. 
ރާއްޖޭގެ އެތެރޭގެ 17 މަންޒިލަކަށް މޯލްޑިވިއަނުން ދަތުރު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ