ގަވިންއިން އެފްޑީސީގެ ފުލެޓުތަކަށް ބަދިގެ ސެޓް ހަދައިދެނީ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 4،000 ފުލެޓުތަކަށް ޚާއްސަ ބަދިގެ ސެޓް ހަދައިދޭ އައު ޕެކޭޖުތަކެއް ގަވިންއިން ތައާރަފުކޮށްފިއެވެ. ގަވިންއިން ބުނީ، މި ޕެކޭޖުތަކުގެ ތެރޭގައި އަމާން އުދަރެސް އަދި އަމާން ދޯދި ފުލެޓުތަކަށް ޚާއްސަ ތިން ޕެކޭޖު ހިމެނޭނެ ކަމަށެވެ. ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ތިން ވައްތަރެއްގެ ޕެކޭޖުތައް ގަވިންގައި ހުންނާނެއެވެ. އޭގެތެރެއިން ކޮންމެ ޕެކޭޖެއް ވެސް ހަދާފައި ވަނީ، ޒަމާނީ ޑިޒައިންތަކާ އެއްކޮށެވެ. މި ޕެކޭޖުތައް ޚާއްސަވާ އަނެއް ކަމަކީ، މިއީ ހުރިހާ ލެވެލެއްގެ ކަސްޓަމަރުންނަށް ޚާއްސަކޮށް، އެކި އަގުތަކުގައި ހަދާފައިވާތީ ކަމަށް ގަވިންއިން ބުނެއެވެ. ގަވިންއިން އެފްޑީސީގެ އެކި ފުލެޓުތަކަށް ބަދިގެ ސެޓު ހެދޭނެ: އެ ޕެކޭޖުތައް ހަދާފައި ވަނީ، ހުރިހާ ލެވެލެއްގެ ކަސްޓަމަރުންނަށް އެކަށީގެންވާ އަގުތަކެއްގައި ---- ފޮޓޯ/ ގަވިން މިގޮތުން، ދެ ކޮޓަރީގެ ފުލެޓުތަކަށް 65،000 ރުފިޔާއާއި 75،000 ރުފިޔާގެ އިތުރަށް 80،000 ރުފިޔާއަށް ބަދިގެ ސެޓު ހަދައިދޭ ޕެކޭޖުތައް ހުރެއެވެ. އޭގެއިތުރަށް ތިން ކޮޓަރީގެ ފުލެޓުތަކަށް ގަވިން އިން ބަދިގެ ސެޓު ހަދައިދޭނީ، 70،000 ރުފިޔާއާއި 80،000 ރުފިޔާއާއި 86،000 ރުފިޔާއަށެވެ. އެ ޕެކޭޖުތަކުގެ ބަދިގެ ސެޓުތަކުގައި އެއްޗެހި ހުންނާނީ އެކި ވަރަށް ކަމަށްވާއިރު، އިތުރު ޗާޖަކާ އެއްކޮށް ގަވިންއިން ޑިޒައިން ބަދަލުވެސް ކޮށްދޭނެއެވެ. އަދި، ޕެކޭޖުގައި އިން ޑިޒައިންގެ އިތުރަށް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. ގަވިން އިން މިހާރު ޕެކޭޖުތަކުގައި ހުރި ޑިޒައިންތަކުގެ އިތުރަށް އެހެން ޑިޒައިންތަކުގެ ބަދިގެ ސެޓު ވެސް ހެދޭނެ --- ފޮޓޯ/ ގަވިން އެންމެ ފަހުގެ ޓްރެންޑިން އެއްޗެހި ބޭނުންކޮށްގެން ބަދިގެ ސެޓު ހަދާލެވޭނެއެވެ. އެގޮތުން ޑިޝް ރެކް، އަވަން ހުޑް، މައިކްރޯވޭވް، ސިންކު، ޑަސްބިން، ބަދިގެ ކެބިނެޓުގެ އިތުރަށް ވެސް ބަދިގެ ސެޓަށް ލެވޭނެ އިތުރު މެޓީރިއަލްސް ގަވިންއިން ލިބޭނެއެވެ. ގަވިންއިން ބުނި ގޮތުގައި މި ޕެކޭޖުތަކަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިސްލާމިކް، އެމްއައިބީ އަދި އެމްއެފްއެލްސީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. ގަވިންގެ ޝޯރޫމް މާލެއާއި ހުޅުމާލޭގައި ހުންނައިރު މާލޭގައި ޝޯރޫމް ހުންނަނީ ކުރީގެ ސްޓާ ސިނަމާ ކުރިމަތި، އަދި މިހާރުގެ ސްޓާ ކްލައުޑް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. އިހާލީގައެވެ. އެ ފިހާރައަށް 9588833 ނަންބަރުން ގުޅޭނެއެވެ. އަދި، ހުޅުމާލޭގައި ޝޯރޫމް ހުންނަނީ ރީތިގަސް މަގުގައި ކަމަށްވާއިރު، 9588899 ނަންބަރުން ގުޅޭނެއެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން ރޭގަނޑުގެ 22:00 އަށް ހުޅުވިފައި ހުންނާނެއެވެ. ގަވިން ޕްރައިވެޓް ލިމިޓެޑްއަކީ ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުނީޗަރު ހަދައި، އިންޓީރިއާ ޑިޒައިން އާއި ގިނަ އަދަދެއްގެ ގޭގެ އަދި ބަދިގޭގެ އެކްސެސަރީޒްތަކަށް ޚާއްސަވެފައިވާ ފިހާރައެކެވެ. ގަވިންގެ ފޭސްބުކް ޕޭޖް: https://www.facebook.com/Gawindecor
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ