ތަޤްވާވެރިކަމާ ދިރިއުޅުމަށް ކުރިއެރުން ލިބެން އެދޭ މީހާއަށް އޮތީ އެކަމަށް އެދިގެން މަސައްކަތްކުރުން! އޮތީ ކަންނެތްނުވެ ހީވާގިވުން!

ތެދުމަގު ދެއްކުވުމާއި ދިރިއުޅުމަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށް ބުނާ މީހުން އެބުނަނީ ތެދެކެވެ. ބަހެއް މިބުނަނީ އެމީހުން އެބުނާ ބަހަކަށް ނޫނެވެ. ނަމަވެސް ތެދުމަގު ދެއްކުވުމާއި ދިރިއުޅުމަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށް ބުނެ އަތް އުރާލައިގެން ތިބޭ މީހުންނަށެވެ.  
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ ތެދުމަގު ހޯދަން މަސައްކަތްކުރާ މީހުންނަށާއި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެން ތިބެ ދިރިއުޅުމަށް ރަނގަޅު ގޮތްތައް ހޯދަން މަސައްކަތްކުރާ މީހުންނަށް އެކަމަށް މަގެއް ދައްކަވާނެ ކަމަށެވެ. ވީމާ ތެދުމަގު ދެއްކުވުމާއި ދިރިއުޅުމަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމަށް ބުނެފައި އެކަންކަން ލިބިގަތުމަށް ތިމާކުރަންޖެހޭ މަސައްކަތް ނުކޮށް ހުރީމާ ނުކުންނާނީ ކޮން ނަތީޖާއެއް ހެއްޔެވެ؟  
ދެން ބަލައިލަންވީ ޙަދީޘްފުޅަށެވެ. ޙަދީޘްފުޅުގައި އޮތީ ތިމާއަށް ފައިދާކުރާނެ ކަމަށް ތިމާއަށް ވިސްނޭ ކަންކަން ޙާޞިލުކުރަން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތްކުރުމަށާއި އެމަސައްކަތުގައި ކަންނެތް ނުވުމަށެވެ.  
ތެދުމަގު ނުވަތަ ހިދާޔަތު ލިބިގަންނަން މަސައްކަތްކުރާ ފަދައިން ދިރިއުޅެން ކުރާ މަސައްކަތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެ މަސައްކަތެއް ކަމަށް ހަދަންވެސް މަސައްކަތްކުރަންޖެހެއެވެ. މާނައަކީ މާނައަކީ ތިމާ ކުރާ ކޮންމެ ކަމެއްވެސް ވާންޖެހޭނީ އެކަމެއްގެ ސަބަބުން ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ.  
ކަން މިހެން ހުރުމުން ތަޤްވާވެރި ނުވެވެނީވެސް ދިރިއުޅުމަށް ރަނގަޅު ގޮތްތައް މެދުވެރި ނުވަނީވެސް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާތީ ކަމަށްބުނެ އެއްވެސް މަސައްކަތެއް ނުކޮށް ކަންނެތްކަންމަތީގައި ހުރުމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ. އަދި އެއީ އެއްވެސް މީހަކު ޢަމަލުކުރަން އޮތް ގޮތެއްވެސް ނޫނެވެ. އެއްވެސް މުސްލިމަކު އެގޮތަށް އެކަން ކޮށްގެންވެސް ނުވާނެއެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ