ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލި ޕްލޭނަކީ އެމެރިކާ އިން އެކުލަވާލި ޕްލޭނެއް ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ ޕްލޭންއަށް ރަޝިޔާ އިން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އެ ވާހަކަ ފެންމަތިވީ ސެނެޓަރުންގެ ގްރޫޕަކުން، އެ ޑްރާފްޓަކީ ވޮޝިންޓަންގެ ވިސްނުން ރަމްޒުކޮށްދޭ އެއްޗެއް ނޫން ކަމަށް ރޫބިއޯ ވިދާޅުވި ކަމަށް ބުނުމުންނެވެ. އެ ތަނުން އެއް ބޭފުޅަކު ވިދާޅުވީ އެއީ ރަޝިއާ އިން އެދޭ ގޮތުގެ ލިސްޓެއް ކަމަށެވެ.
ނަމަވެސް އެ ވާހަކަ އެއްފަރާތްކޮށް، ރޫބިއޯ ވިދާޅުވީ އެ ޕްލޭނަކީ ރަޝިއާ އާއި ޔޫކްރެއިންގެ އެދުމުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ.
ޔޫކްރެއިންގެ ސެކިއުރިޓީ އޮފިޝަލުންނާ އެކު މަޝްވަރާ ކުރުމަށް ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ޕްލޭން އަވަހަށް ފާސްކުރުމަށް ކިއޭވްގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ޔޫކްރެއިންގެ އެކުވެރި ގައުމުތަކުން ވަނީ އެ ޑްރާފްޓްގައި ހިމެނޭ މުހިންމު މާއްދާތަކާ ދެކޮޅު ހަދައިފަ އެވެ. އެ ޕްލޭންގައި ހުރި ކަންކަން ރަސްމީކޮށް އާންމެއްް ނުކުރެ އެވެ. ނަމަވެސް އެ ޕްލޭންގައި ހުރި ބައިތައް ވަނީ ލީކްވެފަ އެވެ.
އޭގެ ތެރޭގައި ރަޝިއާ އިން ބާރުގެ ބޭނުން ކޮށްގެން އަތުލައިގަނެވިފައި ނުވާ އިރުމަތީ ސަރަހައްދުތަކުން ޔޫކްރެއިން ސިފައިން އަނބުރާ ގެންދަން އެއްބަސްވުން ހިމެނެ އެވެ. އެ ގައުމުގެ އަސްކަރީ ބާރުގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުން ވެސް ހިމެނެ އެވެ.
ރިޕަބްލިކަން ޕާޓީގެ ސެނެޓަރު މައިކް ރައުންޑްސް އިއްޔެ ވިދާޅުވީ އެ ޑްރާފްޓް ޕްލޭނަކީ އެމެރިކާގެ ސިޔާސަތެއް ނޫން ކަމަށް ރޫބިއޯ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އަރިހު ވިދާޅުވި ކަމަށެވެ.
ހެލިފެކްސް ސެކިއުރިޓީ ފޯރަމްގައި ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވި ކަމަށް ރައުންޑްސް ވިދާޅުވީ އެ "އެއްޗަކީ އެމެރިކާގެ ހުށަހެޅުމެއް ނޫން" ކަމަށެވެ.
ރައުންޑްސް ވިދާޅުވި ގޮތުގައި، އެ ޕްލޭން ސްޓީވް ވިޓްކޯފަށް ހުށަހެޅި ކަމުގެ ޔަގީންކަން އޭނާއަށް ލިބިފައިވާ ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ ރިކޮމެންޑޭޝަނެއް ނޫން. އެއީ އަޅުގަނޑުމެންގެ ސުލްހައިގެ ޕްލޭނެއް ނޫން،" ސެނެޓަރު ވިދާޅުވި އެވެ.
އޭގެ އިރުކޮޅެއް ފަހުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޓޮމީ ޕިގޮޓް ވިދާޅުވީ ރޫބިއޯއާ ހަވާލާ ދެއްވައި ރައުންޑްސް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އެ ޕްލޭންގައި ޔޫކްރެއިންގެ ދެކުނުގެ ކެރްސަން އަދި ޒަޕޯރިޒްޒިއާ ސަރަހައްދުގެ ބޯޑަރު ފްރީޒް ކުރުން ވެސް ހިމެނެ އެވެ. އެ ދެ ސަރަހައްދަކީ ވެސް ރަޝިއާގެ ބާރުގެ ދަށުގައި އޮތް ދެ ސަރަހައްދެވެ.
ޔޫކްރެއިނަށް އިތުބާރު ހިފޭ ސެކިއުރިޓީ ގެރެންޓީއެއް ލިބޭނެ ކަމަށް ޕްލޭންގައި ބުނެފައިވީ ނަމަވެސް، އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ޑޮކިއުމެންޓްގައި ބުނެފައި ވަނީ ރަޝިއާ އިން އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދޭނެ ކަމަށާއި ނޭޓޯ އިތުރަށް ފުޅާ ނުކުރާނެ ކަމަށެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ސުލްހައިގެ މަޝްވަރާތަކުގައި ޔޫކްރެއިންގެ މަޝްވަރާ ޓީމުގައި އިސްކޮށް ހުންނަވާނީ އޭނާގެ ޗީފް އޮފް ސްޓާފް އަންދްރޭ ޔަރްމަކް ކަމަށެވެ.
ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޕްލޭނެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ