ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ފައިސަލް ފުވައްމުލަކުގައި

ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ފުވައްމުލައް ސިޓީގައި އެމްޑީޕީ ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ. އަންނަ މާރިޗު މަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ކެމްޕެއިން ކޮށްދިނުމަށްޓަކައި ފައިސަލް އުފަންރަށް ފުވައްމުލަކަށް ވަޑައިގަތީ އިއްޔެއެވެ. ފައިސަލްގެ އިތުރުން، ކުރީގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ހިމެނިވަޑައިގަންނަވާ ޓީމެއް ރޭ ވަނީ ފުވައްމުލަކަށް ފުރާވަޑައިގެންފައެވެ. މި ދަތުރުގައި ފައިސަލާ އެކު ދިޔަ ވަފުދުގައި ބައިވެރިވި މީހަކު "ސަން"އަށް މައުލޫމާތުދިން ގޮތުގައި ފައިޞަލް އިއްޔެ ފުވައްމުލަކަށް ދަތުރުކުރައްވައި، އެ ރަށުގެ ބައެއް އާންމުންނާ ބައްދަލުކުރެއްވުމުގެ އިތުރުން އެ ރަށުގައި ކުރީ ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް ބައްލަވާލައްވާފައިވެއެވެ. ފައިސަލް ފުވައްމުލަކުގައި: އެ ސިޓީއަށް ވަޑައިގަތީ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް -- ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ދަތުރުގައި ކެމްޕޭން ހަރަކާތްތަކުގެ އިތުރުން، ކުރީ ސަރުކާރުން ފުވައްމުލަކުގައި ހިންގި ބައެއް މަޝްރޫއުތަކުގެ އަދާހަމަތައް ފައިޞަލް ބެއްލެވުމަށް ހަމަޖެހިފައިވެއެވެ. އެއީ: ފުވައްމުލަކު ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ރަށުގެ ހިމާޔަތްކޮށްފައިވާ ގޮނޑުދޮށުގެ ހާލަތާއި މޫދަށް ދިއުމަށް ހަމަޖައްސާފައިވާ ސަރަހައްދު ތާރު އަޅާފައިވާ މަގުތަކާއި ބަންދުކޮށްފައިވާ ނެރު ބެލުން ޤުރުއާން މަރުކަޒަށް ޒިޔާރަތްކުރުން މަސްޖިދުލް ހުދާއާއި ދޫޑިގަން މިސްކިތަށް ޒިޔާރަތްކުރުން ދަނޑިމަގު ޓާފް ގްރައުންޑާއި ހޯޑެއްދޫ ޓާފް ގްރައުންޑާއި ދޫޑިގަން ބެޑްމިންޓަން ކޮމްޕްލެކްސް އަދި ޓޭބަލް ޓެނިސް ހޯލް ހިމެނޭ ގޮތަށް ކުޅިވަރު ފެސިލިޓީތައް ބެލުން ހޮސްޕިޓަލަށް ޒިޔާރަތްކުރުން މޯލްޑިވިއަން ކޯލް ސެންޓަރު، ފުވައްމުލަކުގެ އެޗްޑީސީ އަދި ޓްރޭޑްނެޓް ގޮފީގައި ހުރި ވަޒީފާގެ ފުރުސަތުތައް ބެލުން އަލަށް އިންޖީނުގެ އިމާރާތްކުރާ ސައިޓު އިންސްޕެކްޓްކުރުން އާރުޓީއެލް ދަތުރުފަތުރުގެ ނިޒާމު ބައްލަވައިލެއްވުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: އެމްޑީޕީން ފުވައްމުލަކުގައި ހިންގި މަޝްރޫއުތައް ފައިސަލް ބައްލަވާލައްވައިފި --- ގާތްގަނޑަކަށް 11،000 އެއްހާ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ސިޓީ ކައުންސިލުގައި މި ވަގުތު ތިބީ އެމްޑީޕީގެ ހަތް ކައުންސިލު މެންބަރުންނެވެ. އަންނަ އަހަރު އޮންނަ ކައުންސިލް އިންތިޚާބަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، މާލޭ ސިޓީގެ މޭޔަރު ކަމަށް ވެސް މިހާރު ހުންނެވި މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމާ ދެ ބޭފުޅުން އަންނަނީ ކެމްޕޭންކުރައްވަމުންނެވެ. ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު، މިދިޔަ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު، ވިހިވަނަ މަޖިލީސް އިންތިޚާބުގައި ވެސް އެ ޕާޓީއަށްވީ ނާކާމިޔާބެވެ. މި މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 13 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ