ހޮންގްކޮންގްގެ އަލިފާނުގެ ހާދިސާ އާ ގުޅިގެން 3 މީހުން ހައްޔަރުކޮށްފި
ހޮންގްކޮންގް (27 ނޮވެންބަރު 2025) : ހޮންގްކޮންގް ގެ ޓައިޕޯ އަވަށުގައި ހުންނަ އާންމުން ދިރިއުޅޭ އުސް އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފިއެވެ. ހޮންގްކޮންގެ މީޑިއާ ބުނާގޮތުން މީހުން ހައްޔަރު ކުރަނީ މިކަމާބެހޭ ތަހުގީގު ތަކަށެވެ. ހޮންގްކޮންގެ ފުލުހުން ވަނީ މި ހާދިސާ ހިނގަންމެދުވެރިވި ސަބަބު ދެނެގުމުގެ ތަހުގީގުތައް ފަށާފައެވެ. ހޮންގްކޮންގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަލިފާނުގެ ހާދިސާއާ ގުޅުންވާކަމަށް ޝައްކު ކުރެވިގެން ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ. މިއީ އެއަށުގެ ވަންގް ފުކް ކޯޓް އެޕާޓްމަންޓް ބްލޮކް މަރާމާތުކުރުމުގެ މަސައްކަތް ކުރާ ކުންފުންޏަށް ނިސްބަތްވާ ތިން މީހުންނެވެ. މި ތިން މީހުންގެ ތެރޭގައި މަރާމާތުގެ މަސައްކަތްކުރާ ކުންފުނީގެ ވެރިޔާ ވެސް ހިމެނެއެވެ. https://sun.mv/214496 އަލިފާނުގެ ހާދިސާ ހިނގި ކަމަށް ވަނީ ވަންގް ފުކް ކޯޓް އެޕާޓްމަންޓް ބްލޮކް މަރާމާތުކުރާއިރު އެތަނުގައި ދަމާފައިހުރި ދާގަނޑުތައް ހިފަހައްޓަން ޖަހާފައިވާ ހިކި އޮނުގެ ފްރޭމް ގަނޑެއްގައި އަލިފާން ރޯވެގެންނެވެ. މި ފްރޭމްގަނޑުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ. ހައްޔަރު ކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ އެފަދަ ބައިބޯތަނެއްގައި މަރާމާތުގެ މަސައްކަތްކުރާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަކުރުމުގެ ކުށެވެ. އުސް ޓަވަރުތަކަށް އަލިފާން ފެތުރުނީ މަރާމާތުގެ މަސައްކަތްކުރާ ސަރަހައްދުގައި ޖަހާފައިވާ އޮނުގެ ފްރޭމްގަނޑުގައި ރޯވި އަލިފާން ނިއްވައި ނުލެވެނީސް އެއަލިފާންގަނޑު މުޅި ސަރަހައްދަށް ފެތުރިގަތުމުގެ ސަބަބުން ކަމަށްވަނީ ބެލެވިފައެވެ. އަލިފާން ރޯވިކަން ގިނަ ބަޔަކަށް ނޭންގުމަކީ އިމާރާތްތަކުން ފޭބުމަށް ގިނަ ބަޔަކު މަސައްކަތް ނުކުރި މައިގަނޑު ސަބަބުކަމަށް ވެއެވެ. ހޮންގްކޮންގްގެ ޓައިޕޯ އަވަށުގައި ހުންނަ މި އުސް އިމާރާތްތަކުގައި ހިމެނެނީ ޖުމްލަ އަށް ޓަވަރެވެ. މިއީ އިނގިރޭސީން ހޮންގްކޮންގް އިސްތިއުމާރު ކޮށްގެން ތިބި ދުވަސްވަރު ފަގީރުންނާއި މެދުފަންތީގެ މީހުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ އިމާރާތްތަކެކެވެ. އެ އިމާރާތްތަކުގައި ގިނައިން ދިރިއުޅޭކަމަށް ވަނީ ރިޓަޔާ ކޮށްފައިވާ މުސްކުޅިންނެވެ. ވޭންގް ފުކް ނަމަކަށް ކިޔާ މި އިމާރާތްތަކުގައި ހިމެނެނީ ވަރަށް އުސް އަށް ޓަވަރެވެ. މި ޓަވަރުތަކުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 44 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 279 މީހުން ގެއްލިފައިވާއިރު 29 މީހަކު ވަނީ އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ފިހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ