މިނިސްޓަރު އަބްދުﷲ ނާސިރުގެ މަންމަ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، އަބްދުالله ނާސިރުގެ މަންމަ ޝަރީފާ މުހައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާސިރުގެ މަންމަ، ޝަރީފާ މުހައްމަދު އަވަހާވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 83 އަހަރެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނާސިރުގެ މަންމާފުޅު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައިކަމަށެވެ.
އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ދުއާ ކުރެއްވެވިއެވެ.
މިނިސްޓަރު ނާސިރުގެ މަންމަގެ މޫނުދެއްކުމާއި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
އަދި ޖަނާޒާ ކުރިއަށް ގެންދާނީ ހަމަޖެހިފައިވަނީ މަޣްރިބު ނަމާދަށްފަހުގައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ