އަމިއްލަ ރަށު ކައުންސިލްތަކެއް އުފެއްދުމަށް އިއްޔެ ނިންމި ހުޅުދޫ އަދި މީދޫގައި މިރޭ ހަވާ އަރުވަނީ އަމިއްލަ ރަށު ކައުންސިލްތަކެއް އުފެއްދުމަށް އިއްޔެ ނިންމި ހުޅުދޫ އަދި މީދޫގައި މިރޭ ހަވާ އަރުވަނީ

އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކިވަކި ރަށު ކައުންސިލް އުފެއްދުމަށް ފެންނަ ކަމަށް އިއްޔެ ނިންމި ހުޅުދުމީދޫގައި މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ މިރޭ 21:00 ހާއިރު ހުޅުމީދޫގައި ހަވާއަރުވަނީ ފަސް މިނެޓަށް ކަމަށެވެ. މިއީ ޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަަށް ސިފްކޯއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ސިފައިން ބުނެފައިވެ އެވެ. ހަވާ އަރުވާ ސަރަހައްދެއް ނުބުނެ އެވެ.
އިއްޔެ އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އެހީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އެވެ. ހުޅުދޫ އާއި މީދޫއިން ވެސް ވޯޓު ދިނީ އޭގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަކި ރަށު ކައުންސިލެއް އުފެއްދުމަށެވެ.
އީސީއިން އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 723 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ.
މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 847 މީހުން ވޯޓު ދިންއިރު އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ދެމިއޮތުމަށް ވޯޓު ދިނީ 144 މީހުންނެވެ.
ވޯޓުލުން ކުރިއަށް ދިޔައީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި ބެހެއްޓި އެވެ.
އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް 2010 ވަނަ އަހަރު ނެގި ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ހުޅުދޫ ރައްޔިތުން ތާއީދުކުރިއިރު މީދޫ ރައްޔިތުންގެ ތާއީދު އެކަމަށް ނުލިބެ އެވެ.
ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ. ވޯޓު ނަތީޖާ އާއެކު މި ދެ ރަށުގެ ކައުންސިލަށް ވެސް 12 މިލިއަން ރުފިޔާ އާއި 15 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ