ވީއައިއޭ އަށް ބޭނުން ގޮތެއް ހަދަން ދޫކޮށް ނުލެވޭނެ: އިމްރާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތުހުރި ގޮތެއް ހަދަން ދޫކޮށް ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ހުޅުލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ ދިވެހިންގެ އަތުގައި އޮތް އެންމެ މުހިންމު ސްޓްރެޓެޖީކް އެސެޓް ކަމަށެވެ.އެއާޕޯޓަކީ ރާއްޖޭގެ މައި ދޮރާށިކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެއާޕޯޓަކީ ދިވެހިންގެ މަސައްކަތްތެރިކަމުގެ ރަމްޒު ކަމަށާއި އެއީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހި އިގްތިސާދުގެ މައި ތަނބު ކަމަށެވެ."ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ނިކުމެ މިކަން ހުއްޓުވަންވީ ދުވަސް ޖެހިއްޖެ!" އިމްރާން ވިދާޅުވި އެވެ.ވީއައިއޭ ހިންގަމުން އަންނަ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި ފަހުން ސަރުކާރުން އަންނަނީ އެ ކުންފުނުން ނުކުރާ ވަރަށް ގިނަ މަސައްކަތްތައް ހަވާލު ކުރަމުންނެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ފިޓްނެސް ސެންޓަރު ހެދުމާއި ރިސޯޓް ތަރައްގީ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.މިފަދަ މަސައްކަތްތަކަށް ހާއްސަކޮށްގެން އެމްއޭސީއަލުން މި މަހުގެ ކުރީކޮޅު ޕެނިއުންސިއުލާ އިންފްރާންސްޓަރަކްޗާ ކިޔާ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ