ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލުތަކަށް ޑޮމެސްޓިކް ރޭޓުން ބިލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ބަދަލު ގެންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
”ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލުތަކަށް ފެނަކަ/ސްޓެލްކޯ އިން ބިލުކުރާނީ ޑޮމެސްޓިކް ރޭޓުން،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ނިންމެވުމާ ގުޅިގެން ކައުންސިލުތަކަށް މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދުކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށެވެ.
ރައީސް ވަނީ ދާދި ފަހުން އަންނަ އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީތަކަށް ދެމުން އަންނަ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ނިންމަވައި، ކައުންސިލުތަކަށް ބްލޮކް ގްރާންޓުން އެހީދޭ އުސޫލު މުރާޖައާކުރެއްވުމަށް ވެސް ނިންމަވައިފައެވެ.
އާންމު ތަންތަން ދިއްލަން ކައުންސިލުތަކަށް ޑޮމެސްޓިކް ރޭޓުން ބިލުކުރަން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ